ފެނަކަ މީދޫ ބްރާންޗަށް ޑެޕިއުޓީ މެނޭޖަރެއް ހޯދަނީ
މީދޫގައި ފެނާއި ނަރުދަމާ ހިންގަމުން އަންނަ ފެނަކަ މީދޫ ބްރާންޗަށް ޑެޕިއުޓީ މެނޭޖަރެއް ހޯދަން އެ ކުންފުނިން އިޢުލާނުކޮށްފިއެވެ.   ޑެޕިއުޓީ މެނޭޖަރުގެ އަސާސީ މުސާރައިގެ ގޮތުގައި 4900 ރުފިޔާ ކަނޑައަޅާފައިވާއިރު ސާވިސް އެލަވެންސްގެ ގޮތުގައި މުސާރައިގެ 30 އިންސައްތަ، ހާޟިރީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 20 އިންސައްތަ އަދި އިތުރުގަޑީގެ އެލަވެންސްގެ ގޮތުގައި މުސާރައިގެ 50 އިންސައްތަ ލިބިގެންދާނެކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.   މި ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމު ފެނަކަ މާލެ ހެޑް އޮފީހުންނާއި ރ. މީދޫ ބްރާންޗުން ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން 15:00 އަށް ލިބެން ހުންނާނެކަމަށް އިޢުލާނުގައިވެއެވެ.   މި ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ފެނަކަ ކޯޕަރޭޝަން މާލެ ހެޑް އޮފީހަށް ނުވަތަ އީމެލްއަށް އެޕްލިކޭޝަން ފީމާއިއެކު ސީވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯޓު ހުށައެޅުއްވުމަށް އެ ކުންފުނިން އެދިލައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...