ބްލޫ ވޭވްސްއިން ލަވާޒާއެއް ބޮއެލައިގެން ޔަމަނަށް އެހީވުމުގެ ފުރުސަތު!
ޔަމަނުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ފަށާފައިވާ 'ހެލްޕެ ޔަމަން' ކެމްޕެއިނަށް ފައިސާ ހޯދުމުގެ ގޮތުން މާދަމާ ބްލޫ ވޭވްސްގައި ޙާއްސަ ހަރަކާތެއް ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ.   އެގޮތުން މާދަމާ ބްލޫ ވޭވްސްއަށް ލަވާޒާ މިލްކް، ލަވާޒާ ބްލެކްއިން ލިބޭ ހުރިހާ ފައިސާއެއް ހެލްޕް ޔަމަން ފަންޑަށް ހަދިޔާކުރާ ގޮތަށް ނިންމާފައިވާކަން ބްލޫ ވޭވްސްއިން ވަނީ ރޭ އިޢުލާންކޮށްފައެވެ. މި ހަރަކާތް ކުރިއަށް ގެންދަން ނިންމީ، ބްލޫ ވޭވްސް ހިންގަމުން އަންނަ މީދޫ ޖަމުޢިއްޔަތުއް ޞަލާހުގެ ފަރާތުން ހެލްޕް ޔަމަން ފަންޑަށް ރަނގަޅު އެހީތެރިކަމެއް ދިނުމަށާއި ބްލޫ ވޭވްސްގެ ފަރާތުން އެ މަސައްކަތުގައި ބައިވެރިވުމަށްކަމަށް ޖަމުޢިއްޔަތުއް ޞަލާހުގެ ރައީސް އަބްދުﷲ ޝިހާމް ވިދާޅުވިއެވެ.   ހެލްޕް ޔަމަން ކެމްޕެއިންގެ ދަށުން މީދޫގެ ޖަމުޢިއްޔާތައް ގުޅިގެން މީގެ ކުރިންވަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...