އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ނިންމައިފި.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ރ. މީދޫ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި އަޑުއެހުމުގެ ބައްދަލުވުމެއް މާދަމާ ހެނދުނު ބާއްވަން ނިންމައިފިއެވެ.
ޖުވެނައިލް ކޯޓުގައި ބާއްވަން ތާވަލް ކޮށްފައިވާ މި އަޑުއެހުމުގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ. މަޢުލޫމާތު ލިބުނު ގޮތުގައި މި އަޑުއެހުން ކުރިޔަށްދާނީ އަނަސް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ 18 އަހަރުން ދަށުގެ ކުޑަކުއްޖާގެ ޝަރީޢަތެވެ.
އަނަސްގެ މަރުގެ މައްސަލައިގައި އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ބެއްވުމަށް ތާވަލްކުރި ޝަރީއަތުގެ މަޖިލިސްވެސް ވަނީ ކެނަސްލަ ކޮސްލާފައެވެ. އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތްތައް ކުރިއަށްދަނީ ވަރަށް ދުވެލި މަޑުކޮށްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...