"އެމް.ޑީ.ޕީގެ ޕްރައިމަރީއަކީ ދެފުށް ފެންނަ އިންސާފުވެރި އިންޠިހާބަކަށްވާނެ"
ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީގެ ޕްރައިމަރީއަކީ ދެ ފުށްފެންނަ އިންސާފުވެރި އިންޠިހާބަކަށްވާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.   މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާޒު ވިދާޅުވީ، އިންޠިހާބުގެ ކަންކަން ސުލްހަވެރިކަމާއިއެކު ކުރިއަށް ގެންދިޔުމަށް ކުރަން ޖެހޭ ކަންކަން މިހާރުވެސް ކުރަމުން އަންނަ ކަމަށާއި ކުރީގެ އިންޠިހާބުތަކުގައި ދިމާވެފައިހުރި އެކި މައްސަލަތައް ހައްލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާނޭކަމަށެވެ.   އެމް.ޑީ.ޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީ ސުލްހަވެރިކަމާއިއެކު ކުރިއަށް ގެންދިޔުމަށް ހުރިހާ މެމްބަރުންވެސް އެއްބާރުލުން ދެއްވުމަށް އެދިލައްވާފައެވެ. އެމް.ޑީ.ޕީގެ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއަށް ދެ ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ ރ. މަޑުއްވަރީ ރަތްފުސްގެ، މޫސާ އަލި މަނިކު އަދި ރ. މަޑުއްވަރީ ލިލީމާގެ، އާދަމް ޝީހާމެވެ.   އެމް.ޑީ.ޕީ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއިން 1065 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވާއިރު މީގެ ތެރޭގައި މީދޫއަށް ނިސްބަތްވާ އެމް.ޑީ.ޕީގެ 333 މީހުން ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...