ތާއިދު ހޯދުމަށް މޫސާ އަލީ މަނިކު ޑޯޓުޑޯ ކެމްޕެއިން ހަރަކާތެއް މީދޫގައި ކުރިއަށް ގެންގޮސްފި
  ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއަށް ކުރިމަތިލާފައިވާ ރ. މަޑުއްވަރީ ރަތްފުސްގެ، މޫސާ އަލި މަނިކަށް ތާއިދު ހޯދުމުގެ ގޮތުން މިއަދު މީދޫގައި ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެެވެ.   މޫސައަށް ތާއިދުކުރާ މީދޫ އަދި މަޑުއްވަރީއަށް ނިސްބަތްވާ ފަރާތްތަކާއިއެކު މިއަދު މީދޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މޫސަވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.   މި ހަރަކާތަށް ފަހު މީދޫޫ ޓައިމްސްއާއި ވާހަކަ ދައްކަމުން އެމް.ޑީ.ޕީ މަޑުއްވަރީ ދާއިރާގެ ރައީސްކަންވެސް ކުރަމުން އަންނަ މޫސަ ބުނީ މިއީ އޭނާއަށް ތާއިދުކުރާ ޓީމުން އިސްވެ ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށާއި މި ދާއިރާއަށް ބޭނުންވާ ތަރައްޤީ ހޯދުމަށް ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީގައި ހުރިހާ ބޭފުޅުންވެސް އޭނާއަށް ވޯޓު ދެއްވުމަށް އެދިލައްވާކަަމަށެވެ.   މޫސާ އަލި މަނިކުގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރަނީ ރ. މަޑުއްވަރި ލިލީމާގެ، އާދަމް ޝިހާމްއެވެ.  
ކިޔުންތެރިންގެ ހިޔާލް

2019-01-16 07:20:45
ދޮންބެ
ރަނގަޅު ގޮތަކީ އަލްޢުސްތާޒް މޫސާ އަލީ މަނިކު.
އެންމެ މަގުބޫލު: 7 ދުވަސް

...