ރައްޔިތުންގެ ޙައްޤުގައި ސާބިތު ކަމާއެކު، ހަމަ އެފިކުރު، ހަމަ އެ ޢަޒުމް – އެންމެންގެ އެޑަމް
ލިޔުނީ: ޙަސަން ފައިސަލް/ ފަލަކް، ރ. މަޑުއްވަރީ

އެއީ ސާދާ މިޒާޖެކެވެ. އެންމެ އާދައިގެ ފަންތީގެ މީހުންނާވެސް ގުޅޭ އާދައިގެ ސާފު ހިތެކެވެ. ކިބުރުވެރިކަމާ، ބޮޑާކަމުގެ ސިފަ ނެތް ރައްޔިތު މީހެކެވެ. އަމިއްލަ މަސައްކަތުން، ތައްޕާހެއް ނެތި އާރޯކުރަން ދަސްވެ ބާވެފައި ހުރި މީހެކެވެ. ޢަޒުމާއި ހިތްވަރުގެ ގޮތުން އަރާ ފުރިހަމަ އެވެ. ލޯލާރީގެ ދަރަނިން އެއްކިބާވެ، ލޯލާރީ ކޮޅުކޮޅުގައިވެސް ނުޖެހިވޭތޯ އުޅޭ ރައްޔިތު މީހާގެ މަސާހިބެކެވެ. އަދަކު ކަމެއް ބޭނުންވެ، ދެއްކުންތެރި ސިފަ ނެތް ސީދާ އެމް.ޑީ.ޕީ ވަންތަ އެމް.ޑީ.ޕީގެ މިދާއިރާގެ އަޞްލީ ބާނީއެކެވެ. އެކުވެރިން ބުނާގޮތުން، އެކުދިންނަށް އެޑަމް ކަމުދަނީ ދެއްކުންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތުމުންނެވެ.
ބޮޑުތަނުން ބުނާނަމަ، އެމް.ޑީ.ޕީން މިދެކޭ ތާހިރު ދިރިއުޅުމުން ދިރިއުޅެމުން އަންނަ، އެދިރިއުޅުމަށް ލޯބި ކުރާ އާދައިގެ މީހެކެވެ. އެކުވެރިންނާއި ޒުވާނުންގެތެރޭގައި ހަމަ އެހާމެ ސަކައެވެ. ހިތްތިރިކަމާއި، ޢަޒުމާއި، ހަމަހަމަ ޖަޒީރާވަންތަ ތާހިރު ދިރިއުޅުމަކަށް ލޯބިކުރާ މަޑުމޮޅި ހިތެކެވެ. ޤައުމުގެ ޙައްޤުގައި، ޕާރޓީ ފެށުނިއްސުރެ ޕާރޓީގެ ޙައްޤުގައި ޖާނާއި، އަމިއްލަ މާލުން ޤުރުބާނީތަކެއް ވެފައިވާ، އަދި ވަމުންދާ އަހަރެމެން އެންމެންގެ އެޑަމްއެވެ. އެމް.ޑީ.ޕީގެ އެޑަމްއެވެ. ދާއިރާގެ  އެޑަމްއެވެ. އާދެ! އެންމެންގެ އެޑަމްއެވެ. "އިންޝާﷲ ނުވިކޭނެ އެޑަމްއެވެ." މީދޫ ވިޔަސް، މަޑުއްވަރީ ވިޔަސް ހަމަ މި އެންމެންގެ އެޑަމްއެވެ. ބަހުން މޮޅި، ޢަމަލުން ކަންކަން ދައްކާނެ، ދެއްކޭނެ ހިތްވަރު ހުރި އެޑަމްއެވެ. ކުދިބޮޑު އެންމެންގެ އެވެ. ޒުވާނުންގެ އެޑަމްއެވެ. ޒުވާނުންނަށް ފަހި ފުރުޞަތު ހޯދުމަށް ވަކި ހިތްޕާ އެއްކަލަ އެޑަމްއެވެ. ދުވަސްވީ މީހުންނަށް އާދަނެވެ. ޒުވާން ޖީލަށް އެޑަމްއެވެ. މަންމައަށް އާދަމް ޝިހާމެވެ. ލޯބި ކުޑަ އަންހެން ދަރިއަށް ބައްޕަގެ އިތުރުން ބެސްޓް ފްރެންޑެވެ. ނިޔަނެތި އަނބިމީހާއަށް ވަފާތެރި ފިރިޔެކެވެ. ޞަރީޙަކޮށް ބުނާނަމަ، ރ. މަޑުއްވަރީ ލިލީމާގޭ އާދަމް ޝިހާމެވެ.
އެޑަމް ބުނާގޮތުން "ތަރައްޤީއަކީ ފިތުރަތުގެ  އުޞޫލަށް ފުށޫ ނާރާ، މިކުދި ޖަޒީރާގެ، އެ ޤުދުރަތީވަންތަކަމުން މަޙްރޫމްނުކޮށް، ޤުދުރަތުގެ ހަދިޔާގެ މައްޗަށް ގެންނަންޖެހޭ އިންސާނީ ކަރާމާތަށް ބެލިގެން އަންނަންޖެހޭ އިންސާނީ ކުރިއެރުމެކެވެ." 
އެޑަމްގެ ތަޢުލީމީ ހަޔާތުގައި ގްރޭޑް 7 ނިންމާލީ މަޑުއްވަރީ ސްކޫލުންނެވެ. އެއަހަރު ސްކޫލު ކެޕްޓަންކަމުގެ ފަޚުރުވެރި މަޤާމްވެސް އެޑަމް އަދާކުރިއެވެ. އޭގެއިތުރުން މަޑުއްވަރީ ސްކޫލުގެ ޕްރިފެކްޓްކަމާ ސްކޫލުގެ އިސް މަޤާމްތަކެއް އަދާކުރިއެވެ. އެޔަށްފަހު މުދައްރިސުން ތަމްރީނު ކުރާ ކޯހުގެ ފައުންޑޭޝަން ހަދާ، މުދައްރިސް މީހާގެ ގޮތުން ކިޔަވައިދީ ހެދިއެވެ. އެޑަމް އޯލެވެލް ނިންމީ މާލޭ އަމީރު އަޙްމަދު ސްކޫލުންނެވެ. މިހާރު އެމް.ޑީ.ޕީ އިސްސަފުގައި ތިއްބެވި ގިނަ އެމް.ޑީ.ޕީ ފަހުލަވާނުންގެ ބެޗެއްގައެވެ. އޭގެ ފަހުން މާލޭގައި ވަޒީފާ އަދާކޮށް، ފަހުން އަމިއްލަ މަސައްކަތާއިގެން ކުރިޔަށް ދިޔުމުގެ ހިތްވަރު ނެރުނެވެ. ސުވޭނިއަރ ޝޮޕުން ފެށިގެން، މިހާރު ފައިބަރު މަސައްކަތުގައި ވަކި ހިތްޕާލާ، ގަދަ ހިތްވަރާއެކު، މަސައްކަތްކޮށް، އަމިއްލަ ހިތްވަރާއި މަސައްކަތުން ކާމިޔާބުކަން ދައްކަމުން އަންނަކަން ފާހަގަކުރެވެއެވެ. ޒުވާނުންނާ ކުޅިވަރުގެ ދާއިރާގައިވެސް އެޑަމްގެ އަތެއް ނުވާކަމެއް މަދުވާނެއެވެ. 
އެމް.ޑީ.ޕީ ފެށުނީއްސުރެ، އެމް.ޑީ.ޕީގެ ހައްޤުގައި ވަރުގަދަ ޖިހާދުތަކެއް އާދަމް ޝިހާމް ވަނީ ކޮށްފައެވެ. އަމިއްލަ ޚަރަދުންނެވެ. ޤައުމުގެ ޙައްޤުގައި، ޤައުމު ދެކެ ލޯބިވާ ދަރިއެއްގެ ގޮތުންނެވެ. އެމް.ޑީ.ޕީގެ އަޞްލު މައިވަންތަ ސިފައިގައެވެ. ބޮޑު ބިޔަ ކޮންމެ މުޒާހަރާއަކަށް އަމިއްލަ ޚަރަދުގައި އޮޑިދޯނި ފަހަރުގައި ފުރާ ހެދިއެވެ. ޤަޢުމުގެ ހައްޤުގައެވެ. ދާއިރާގެ ޙައްޤުގައެވެ. ޤައުމަށް ވަފާތެރި ތެދުވެރިޔަކަށް ވުމަށްޓަކައެވެ. އެމް.ޑީ.ޕީ އަށް ވަފާތެރި ދަރިޔަކަށް ވުމަށެވެ. އެމް.ޑީ.ޕީގެ ހައްޤުގައި ޖަލުގައި އޮންނަން ޖެހުނެވެ. ވިހި ތިރީހުން ޗިޓެއް ނާންނަ ދުވަހެއް އޭރަކު ނެތެވެ. އުސްފަސްގަނޑުގެ އެ ބިޔަ ޙަރަކާރުގެވެސް ބާނީއެކެވެ. 
ޝައްކެއްވެސް ނެތެވެ. މިއަދު އަހަރެމެންގެ އެއްކަލަ އާދަނު (އެންމެންގެ އެޑަމް) މިވަނީ ސަރުކާރާއި ގުޅިގެން، ދާއިރާގެ ކުރިއެރުމަށް ވަކި ހިތްޕާލުމުގެ ޢަޒުމުގައި، މާ ރީތި އުޖާލާ މަންޒަރެއް ދާއިރާއަށް ދެއްކުމުގެ މަސައްކަތެއް ފެށޭތޯ އަތުކުރި އޮޅާލާފައެވެ. މާ ނަޔާ ތަޞައްވުރަކައިގެންނެވެ. އެޑަމްގެ މިރީތި ތަޞައްވުރު ހަމަގައިމުވެސް ހާދަ ޗާލެވެ. އެމް.ޑީ.ޕީގެ މަޑުއްވައިރީ ދާއިރާގެ ޕްރައިމަރީން އެޑަމްއަށް ކާމިޔާބު ލިބިއްޖެނަމަ، އިންޝާﷲ ދާއިރާގެ މިރީތި ތަޞައްވުރު އިސާހިތަކު ހާމަވެގެން ދާނެއެވެ. އެޑަމްގެ ފަހަތުގައި ރަނގަޅު ހަރުދަނާ ޓީމެއް ހަމަގައިމުވެސް އެބައޮތެވެ. ފުރަތަމަ އޮތީ އެމް.ޑީ.ޕީގެ ޕްރައިމަރީން ކާމިޔާބު ވުމެވެ.

އަހަރެމެން އެންމެންގެ އެޑަމް އަށް ފަހި ރީތި ކާމިޔާބަކަށް އެދޭ ޙާލު، ދެން ހުރި ބައިވެރިޔާއަށްވެސް އިޙްތިރާމް ކުރާ ޙާލުގައި ނިންމާލަމެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...