ދުވާފަރު ކައުންސިލަށް އާމްދަނީ ހޯދުމަށް ތެލުގެ ވިޔަފާރިކުރަން މަޝްވަރާކުރަނީ
ރ. އަތޮޅު ދުވާފަރު ކައުންސިލަށް އާމްދަނީ އިތުރުކުރުމަށް ތެލުގެ ވިޔަފާރިކުރުމަށް އެ ކައުންސިލުން ވާން މަޝްވަރާތައް ކުރަން ނިންމައިފިއެވެ.   އެގޮތުން މިއަދު ބޭއްވުނު ދުވާފަރު ކައުންސިލްގެ ބައްދަލުވުމެއްގައި ދުވާފަރު ކައުންސިލްގެ ނައިބު ރައީސާ ހައްވާ ސަމީލާ ހުށައެޅުއްވި މި މައްސަލަ ނިމިގެންދިޔައީ ކައުންސިލަށް ލަފާދޭ ކޮމިޓީއަށް މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ފަރާތްތަކާއިއެކު މަޝްވަރާ ކުރުމަށްފަހު ދެން ކުރަން ޖެހޭ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ކަމަށް އެ ކައުންސިލުން އާއްމުކޮށްފައިވާ ކައުންސިލުގެ ނިންމުމުގައި ބުނެފައިވެއެވެ.   މިކަމާއި ގުޅޭ ގޮތުން މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން ދުވާފަރު ކައުންސިލްގެ ރައީސް ވިދާޅުވީ، ކައުންސިލުން ނިންމަވާފައިވަނީ ލަފާދޭ ކޮމިޓީއާއި މަޝްވަރާ ކުރެއްވުމަށްފަހު ބިމެއް ކަނޑައަޅާ މިކަމައިގެން ކުރިއަށް ދިޔުމަށް ކަމަށާއި މިކަން ކުރަން ޤަސްތުކުރަނީ ކައުންސިލަށް އާމްދަނީ ލިބޭ ގޮތަށެވެ.   ތެލުގެ ވިޔަފާރިއަކީ ބައެއް ކައުންސިލްތަކުން ކައުންސިލަށް އާމްދަނީ ހޯދުމަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ވިޔަފާރިއެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...