އެމް.ޑީ.ޕީ ޕްރައިމަރީ: މަޑުއްވަރީ ދާއިރާއިން 1065 މީހުންނަށް ވޯޓު ލެވޭނެ، މީދޫއިން 333 މީހުން.
މިއަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއިން ޖުމްލަ 1065 މީހަކަށް ވޯޓު ލުމުގެ ހައްޤު ލިބިގެންވާ ކަމަށް އެމް.ޑީ.ޕީއިން ނެރެފައިވާ އެންމެ ފަހުގެ ވޯޓާސް ލިސްޓުން ދައްކައިފިއެވެ.   މި 1065 މީހުންގެ ތެރޭގައި ހިމެނެނީ މަޑުއްވަރީއަށް ނިސްބަތްވާ 732 މީހުންނާއި މީދޫއަށް ނިސްބަތްވާ 333 މީހުންނެވެ. މަޑުއްވަރީ ދާއިރާގެ އެމް.ޑީ.ޕީ ދަފްތަރަށް މިއަދަދަށް މީހުން އިތުރުވެފައިމިވަނީ ޕްރައިމަރީއާއި ދިމާކޮށް އެތައް ބަޔަކު އަލަށް އެމް.ޑީ.ޕީއާއި ގުޅިފައިވުމުންކަން ފާހަގަކޮށްލެވެއެވެ.   ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރައިމަރީގައި ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ރ. މަޑުއްވަރީ ރަތްފުސްގެ މޫސާ އަލި މަނިކު އަދި ރ. މަޑުއްވަރީ ލިލީމާގެ އާދަމް ޝިހާމެވެ. މި ދެ ކެންޑިޑޭޓުންވެސް އަންނަނީ ވަރަށް ފޯރީގައި ޕްރައިމަރީއަށް ކެމްޕެއިން ކުރަމުންނެވެ.   އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންޠިހާބުގައި އެމް.ޑީ.ޕީން މަޑުއްވަރީ ދާއިރާ ތަމްސީލް ކުރާނީ މި ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...