ސާފު ނަލަ މީދޫ ކެމްޕޭނުގެ ދަށުން މީދޫގެ އަތިރިމަތި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި
މީދޫ ކައުންސިލުން ކުރިއަށްގެންދާ "ސާފު ނަލަ މީދޫ" ކެމްޕެއިނުގެ ދަށުން މީދޫގެ އަތިރިމަތި ސާފުުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.   މިއަދު ހެނދުނު 8:00 ގައި ފެށި މިހަރަކާތުގައި މީދޫގެ ހުރިހާ ސަރުކާރުގެ މުއައްސަސާތަކާއި ކުލަބު ޖަމްޢިއްޔާތަކުން ބައިވެރިވިއެވެ. ޖުމްލަ 7 ސަރަހައްދަކަށް ބަހާލައިގެން އެކި މުއައްސަސާތަކުން އެކި ސަރަހައްދު ސާފުކުރާ ގޮތަށް ކުރިއަށްގެންދިޔަ މިހަރަކާތުގައި ކޮންމެ ކޮންމެ މުއައްސަސާއަކުންވެސްވަނީ އެމުއައްސަސާއަކަށް ހަވާލުކުރެވުނު ސަރަހައްދު ސާފުކޮށްފައެވެ.   މިއަދުގެ ހަރަކާތާއިބެހޭގޮތުން މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން މީދޫ ކައުންސިލުގެ ނާއިބު ރައީސް ނާޖިހު ޖަމީލް ވިދާޅުވީ މިއަދުގެ ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއްކަމަށާއި މިއަދުގެ ހަރަކާތުގައި މީދޫގެ ހުރިހާ މުއައްސަސާއަކުންވެސް ވަރަށް ފުރިހަމައަށް ބައިވެރިވެފައިވާކަމަށެވެ. އަދި އެހުރިހާ މުއައްސަސާތަކަށް ޝުކުރު އަދާކުރާކަމަށްވެސް ނާޖިހު ވިދާޅުވިއެވެ. ނާޖިހު އިތުރަށް ވިދާޅުވީ މިހަރަކާތް ކުރިއަށް ގެންދިޔައީ ބަރަކާތްތެރި އަޟްޙާ ޢީދު ކުރިމަތީގައި އޮތުމާއި ގުޅިގެންކަމަށާއިއަދި މީދޫއަކީ އެތައް މެހުމާނުންނެއް ޢީދުގައި ޒިޔާރަތްކުރާ ރަށަކަށް ވާތީކަމަށެވެ.   މީދޫ ކައުންސިލުން އަންނަނީ "ސާފު ނަލަ މީދޫ" ކެމްޕެއިނުގެ ދަށުން ރަށް ސާފުކޮށް ބެލެހެއްޓުމަށް ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.                 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...