އަނަސްގެ މަރުގެ މައްސަލައިގައި އިއްޔެ ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލިސްވެސް ކެންސަލް!
2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނިޔާވެރިކޮށް މަރާލި ރ. މީދޫ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި އިއްޔެ ބާއްވަން ތާވަލުކުރި ޝަރީއަތުގެ މަޖިލިސްވެސް ކެންސަލްކޮށްފިއެވެ.   މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލިސް ކެންސަލްކޮށްފައިވަނީ ދިފާޢީ ވަކީލުންނަށް ޗިޓު ހަވާލުނުކުރެވިކަމަށް ބުނެއެވެ. ޗިޓު ހަވާލުނުކުރެވުނުކަމަށްބުނެ ޝަރީއަތުގެ މަޖިލިސް ކެންސަލްކޮށްލުމާއި ގުޅިގެން އަނަސްގެ އާއިލާގެ ބައެއް ފަރާތްތަކުންވަނީ ފަނޑިޔާރުންނާއި ޖުޑިޝަރީއަށްވެސް ފާޑުކިޔާފައެވެ.   މީގެ ކުރިން މިކަމުގައި ހައްޔަރުކޮށްފައިވާ ބައެއް ފަރާތްތައް ޝަރީއަތަށް ހާޒިރުނުކުރެވިގެން ކަމަށް ބުނެވެސް ޝަރީއަތުގެ މަޖިލީހެއް ކެންސަލްކޮށްލާފައިވާކަން ފާހަގަކޮށްލެވެއެވެ. އަނަސްގެ މަރާލިތާ ދޮޅު އަހަރުވެފައިވާއިރު މި މައްސަލައިގެ ޝަރީއަތް ކުރިއަށްދަނީ ވަރަށް ދުވެލި މަޑުކޮށްކަން ފާހަގަކޮށްލެވެއެވެ.   ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އުފައްދަވާފައިވާ މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަނަސްގެ މަރުގެ މައްސަލަވެސް ބަލަމުން އަންނަކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދުވަނީ މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...