ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ނާސްތާ ޕްރޮގްރާމް ފަށައިފި
  ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެއްކަމަށްވާ ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމުގެ ދަށުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ނާސްތާ ޕައިލެޓް ޕްރޮގްރާމް ފަށައިފިއެވެ.   މިއަދު ހެނދުނު ސްކޫލްގައި ބޭއްވި އެސެމްބްލީއަށްފަހު ނާސްތާ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ގިނަ ދުވަސްތަކެއް ވަންދެން ސްކޫލަށް ޙިދުމަތްކޮށްދެއްވި އަދި މިހާރު މީދޫ ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ ހުސެއިން އަފީފެވެ. މި ޕްރޮގްރާމްގެ ދަށުން ހެނދުނު ކިޔެވުމަށް އަންނަ ޔޫކޭޖީގެ ދަރިވަރުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ހިމެނޭ ހުރިހާ ދަރިވަރުންނަށްވެސް ހެނދުނުގެ ނާސްތާ ދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނާސްތާ ޕްރޮގްރާމްގެ ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންދާނެ ސްކޫލްތައް އިޢުލާން ކުރިއިރު ރ. އަތޮޅު ތަޢުލީމީ މަރުކަޒު ނުހިމެނުނު ކަމުގައި ވީނަމަވެސް ބައެއް ސްކޫލްތަކުގެ މި ޕްރޮގްރާމް ކުރިއަށް ގެންދެވެން ނެތުމުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން ނިންމެވީކަމަށް މަޢުލޫމާތުލިބެއެވެ.   ނާސްތާ ޕްރޮގްރާމްއަށް ނާސްތާ ތައްޔާރުކުރަނީ މީދޫގައި ކޭޓަރިންގެ ހިދުމަތް ދެމުން އަންނަ ފަރާތަކުންނެވެ.  
ކިޔުންތެރިންގެ ހިޔާލް

2019-01-13 08:52:24
Dharivarun
Dharivarunnah bandhu kurevifaiva packet dhinumaky ehmme ragalhu goiy baa??
އެންމެ މަގުބޫލު: 7 ދުވަސް

...