ފަތިސް ނަމާދުކޮށްގެން ދަރިފުޅު ސްކޫލަށް ފޮނުވަން އަޒުމް ކުރައްވާ!
  މާދަމާ އަކީ ބެލެނިވެރިންނާއި މުދައްރިސުންނަށް އަދި ދަރިވަރުންނަށްވެސް ޙާއްސަ ދުވަހެކެވެ. އަހަރުގެ ބޮޑު ބަންދަށްފަހު އަލުން ސްކޫލްތަކުގެ ކިޔެވުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު އާ ދިރާސީ އަހަރާއިއެކު އާ އަޒުމްތަކަކާއި އުއްމީދުތަކެއް ކޮންމެ ދަރިވަރެއް އަދި ބެލެނިވެރިއެއްވެސް ހުންނާނެކަން ޔާޤީނެވެ.   އެގޮތުން މި ފާހަގަކޮށްލަނީވެސް އަޒުމްކުރަން އެންމެ މުހިއްމު އެއްކަމެވެ. އެއީ ހެނދުނު ދަރިފުޅު ސްކޫލަށް ގެންދާއިރު ކޮންމެ ދުވަހަކުވެސް އެ ދަރިފުޅު ފަތިސް ނަމާދުކޮށްގެން ސްކޫލަށްދާ ކުއްޖަކަށް ހެދުމަށް އަޒުމް ކަނޑައަޅާށެވެ. މިއީ ކުއްޖާގެ ދުވަހުގެ ފެށުން އެންމެ ބާއްޖަވެރިވާނޭ ކަމާއި މެދު އެއްވެސް ޝައްކެތް ނެތެވެ.   ނަމާދުން ދުވަސް ފަށައިފިނަމަ އެ ދުވަހަކީ އެ ކުއްޖާއަށް އަބަދުވެސް ހިތްހަމަޖެހި ރަނގަޅު ދުވަހެއް ނިންމާލުމަށް އެޅިގެންދާނެ އެންމެ ރަނގަޅު ބިންގަލެވެ. މިކަމަށް ކޮންމެ ބެލެނިވެރިޔަކުވެސް ބާރުއަޅާ އަދި ދަރިފުޅު ލައްވާ މަޖުބޫރުކޮށްގެންވެސް މިކަން ކުރުވުމަކީ ބެލެނިވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްވެސް މެއެވެ.   މިކަމާއި ގުޅޭ ގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވީ، "ނަމާދަކީ އެންމެ މުހިއްމު އަޅުކަން ކަން. ސްކޫލަށް މި ފޮނުވަނީ އުނގެނެން، ދީން އުނގެނެން، އަދިވެސް އެހެނިހެން ޢިލްމު އުނގެނެން، އެންމެ ކުޑައިރުއްސުރެ އެ ކުދިންނަށް ކިޔަވައިދެވެނީ އިސްލާމް ދީނުގައި ވެޔޭ ނަމާދު ވާޖިބު ކުރައްވާފައި، އެކަމަކު އަމަލުން އެކަން ނުކުރެވެންޏާ ނުވަތަ އެ ކުދިން ލައްވާ ނުކުރެވެންޏާ ކިޔެވި އެއްޗަކާއި ޢަމަލާއި ދިމާނުވޭ."   ހެނދުނުގެ ގަޑިއަކީ އެ ވަގުތެއްގައި ބަރަކާތް ލެއްވުމަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރައްވާފައިވާ ވަގުތުކޮޅެކެވެ. އެހެންކަމުން މި ވަގުތު ކޮޅުގެ ބޭނުން ފުރިހަމަ ގޮތުގައި ބޭނުން ހިފުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...