މިނިސްޓަރު މަހުލޫފް މީދޫއަށް ވަޑައިގެން ކައުންސިލް އަދި ޒުވާނުންނާއި ބައްދަލުކުރައްވައިފި
  ޔޫތް މިނިސްޓަރު އަޙްމަދު މަޙުލޫފު މިއަދު މެންދުރުގެ ވަގުތެއްގައި މީދޫއަށް ވަޑައިގެން މީދޫ ކައުންސިލާއި މީދޫގެ ޒުވާނުންނާއި ބައްދަލުކުރައްވައިފިއެވެ.   މެންދުރުފަހު މިނިސްޓަރު މަހުލޫފު މީދޫއަށް ވަޑައިގެންނެވިއިރު މިނިސްޓަރަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ޒުވާނުންނާއި ރަށުގެ އިސްވެރިން ބަނދަރަށް ޖަމާވިއެވެ. މީދޫއަށް ވަޑައިގެން މިނިސްޓަރު މީދޫ ފުޓްސަލް ދަނޑާއި ދެ ފުޓުބޯޅަ ދަނޑުގެ ހާލަތު މިނިސްޓްރީގެ ޓީމާއި މީދޫ ކައުންސިލް އަދި ބައެއް ޒުވާނުންނާއިއެކު ބައްލަވާލައްވާފައިވެއެވެ.   އެއަށްފަހު ރަށުގެ ޒުވާނުންނާއި ބައްދަލުކޮށް ކުޅިވަރާއި ޒުވާނުންނާއި ގުޅޭ ކަންކަމާއި ބެހޭގޮތުން މިނިސްޓަރުވަނީ ޒުވާނުންގެ އަޑު ގާތުން އައްސަވާ މީދޫގައި ކުރިއަށް ގެންދިޔުމަށް ޒުވާނުން ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު މީދޫ ކައުންސިލް އިދާރާގައި މީދޫގެ އެކި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިނިސްޓަރާއި ޔޫތް މިނިސްޓްރީގެ ޓީމުންވަނީ މީދޫ ކައުންސިލާއިވެސް ބައްދަލުކުރައްވާފައެވެ.   މީދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެން މިނިސްޓަރު ވަޑައިގެންފައިވަނީ ރ. މަޑުއްވަރީއަށެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...