މިނިސްޓަރު މަހުލޫފު މީދޫއަށް ވަޑައިގަންނަވާނީ މިއަދު މެންދުރުފަހު 13:00 ގައި
  ޔޫތު މިނިސްޓަރު އަލްފާޞިލް އަހުމަދު މަހުލޫފު  މިއަދު މެންދުރުފަހު 1:00 ގައި މީދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު މީދޫއަށް ވަޑައިގަންނަވަނީ ރ. އަތޮޅުގެ ހުރިހާ ރަށް ތަކަށްކުރާ ދަތުރުފުޅެއްގައެވެ.   މިނިސްޓަރުގެ މި ދަތުރުފުޅުގައި ރަށުގައިހުރި ކުޅިވަރު ކުޅޭ ތަންތަން ބެއްލެވުމުގެ އިތުރުން ކައުންސިލް ގެ އިސްފަރާތްތަކަށާއި ރަށުގެ ޒުވާންންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ވީހާވެސް ގިނަ ޒުވާނުން މިނިސްޓަރ އަށް މަރުހަބާ ދެންނެވުމަށް ނިކުތުމަށް ރށު ކައުންސިލުން ވަނީ އެދިލައްވާފައެވެ. އަދި ޒުވާނުންނާއިއެކު ބާއްވާ ބައްދަލުވުމުގައި ގިނަ ޒުވާނުން ބައިވެރިވެލެއްވުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ.   މިއީ ރައީސް ސޯލިހުގެ ސަރުކާރެއްގައި މިނިސްޓަރެއް މީދޫއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...