މީދޫގައިވެސް ޢީދު ނަމާދު މައިދާނުގައި ކުރާގޮތަށް ހަމަޖެހިއްޖެ
މިއަހަރުގެ އަޟްހާ ޢީދު ނަމާދު މީދޫގައިވެސް މައިދާނުގައި ކުރާގޮތަށް ހަމަޖައްސާ ކައުންސިލުން އެކަން އިޢުލާނުކޮށްފިއެވެ.
އެގޮތުން މިފަހަރުވެސް ޢީދު ނަމާދު މައިދާނުގައި ކުރަން ހަމަޖައްސާފައިވަނީ ތަޢުލީމީ މަރުކަޒުގެ ހުޅަނގު ދެކުނުން އޮތް މީދޫ ފުޓްސަލް ދަނޑުގައެވެ. 2017 ވަނަ އަހަރުގެ އަޟްޙާ އީދު ނަމާދުވެސްކޮށްފައިވަނީ މައިދާނުގައި ފުޓްސަލް ދަނޑުގައެވެ. މައިދާނުގެ އިތުރުން މަސްޖިދުއް ޒިންނޫރައިނީގައި ޢީދު ނަމާދު ކުރާގޮތަށް ހަމަޖެހިފައިވާއިރު މައިދާނުގައި ނުކުރެވޭ ފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ޢީދު ނަމާދުކުރާނީ މަސްޖިދުލް އައްވާބީންގައެވެ.
މިއަހަރުގެ ފިޠުރު ޢީދު ނަމާދުވެސް މައިދާނުގައި ކުރަން ހަމަޖެއްސި ނަމަވެސް ވިއްސާރަވުމުގެ ސަބަބުން މައިދާނުގައި ޢީދު ނަމާދުކޮށްފައެއް ނުވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...