ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހެނދުނުގެ ނާސްތާ ދިނުމަށް ނިންމައިފި
  ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވަޢުދެއްކަމަށްވާ ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގުރާމް މި ފެށޭ ދިރާސީ އަހަރު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ކުރިއަށް ގެންދާ ގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.   ނާސްތާ ޕްރޮގްރާމް ކުރިއަށްދާނެ ސްކޫލްތައް ފުރަތަމަ އިޢުލާންކުރިއިރު ރ. އަތޮޅުން ރަސްމާދޫ ސްކޫލް އެކަނި ހިމެނިފައިވީ ނަމަވެސް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ދޭގޮތަށް ހަމަޖެއްސާފައިވަނީ ކުރިން މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމި ބައެއް ސްކޫލްތަކުން މިކަން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމުމުން ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް އެ ފުރުސަތު ލިބިގެން ދިޔުމުންކަމަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުން މަޢުލޫމާތުދެއްވިއެވެ.   އެގޮތުން މި ޕްރޮގްރާމަށް ނާސްތާ ތައްޔާރުކޮށްދިނުމަށް ދެ ފަރާތަކުން ކުރިމަތިލާފައިވާކަމަށާއި ބިޑް އިވެލުއޭޓް ކުރުމަށްފަހު ގޮތެއް ނިންމިގެންދާނެކަމަށްވެސް ސްކޫލްގެ ފަރާތުން މަޢުލޫމާތުދެއްވަމުން ލީޑިންގ ޓީޗަރ އަހްމަދު ނަޢީމް ވިދާޅުވިއެވެ. ނާސްތާ ޕްރޮގްރާމްގައި ޔޫ.ކޭޖީއިން ފެށިގެން ގުރޭޑް 12 އަށް ހުރިހާ ދަރިވަރުންނަށްވެސް ނާސްތާ ލިބިގެންދާނެކަމަށްވެސް އަޙްމަދު ނަޢީމް މަޢުލޫމާތުދެއްވިއެވެ.    
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...