އަދާލަތު ޕާޓީން އިނގުރައިދޫ ދާއިރާ ހިމެނޭ ގޮތަށް 13 ދާއިރާއަކަށް ވާދަކުރަނީ
 މިއަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންޠިހާބުގައި އަދާލަތު ޕާޓީން ޖުމްލަ 13 ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ.   އެ ޕާޓީން ވާދަކުރަން ނިންމި ދާއިރާތަކުގެ ތެރޭގައި ރ. އަތޮޅުން ހިމެނެނީ އިނގުރައިދޫ ދާއިރާ އެކަންޏެވެ. ދެން ވާދަކުރަން ނިންމާފައިވާ ދާއިރާތަކަކީ ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ހަނިމާދޫ ދާއިރާ، މަކުނުދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، ކާށިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ، ފޭދޫ ދާއިރާ އަދި މާފަންނު ދެކުނު ދާއިރާއެވެ.   އަދާލަތުން މި ދާއިރާތަކަށް ކުރިމަތިލާން ނިންމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ފޯމު ހުށައެޅުމަށް މިހާރުވަނީ ފުރުޞަތު ހުޅުވާލާފައެވެ. އަދާލަތުން ކުރިމަތިލާން ނިންމާފައިވާ އިނގުރައިދޫ ދާއިރާއަށް ކުރިމަތިލުމަށް އެ ޕާޓީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން މިހާރުވެސް އަންނަނީ ކެމްޕެއިން ކުރަމުންކަން ފާހަގަކޮށްލެވެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...