ޔޫތް މިނިސްޓަރު މަހުލޫފް އާދިއްތަ ދުވަހު މީދޫއަށް ވަޑައިގަންނަވަނީ
 ޔޫތް މިނިސްޓަރު އަޙްމަދު މަޙުލޫފު މި މަހުގެ 13 ވާ އާދިއްތަ ދުވަހު މީދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިނިސްޓަރުގެ މި ދަތުރުފުޅަކީ ރ. އަތޮޅު ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް މަޢުލޫމާތު ލިބެއެވެ.   އެގޮތުން މިއަދު ރ. އަނގޮޅިތީމު، ރަސްގެތީމު. ވާދޫ އަދި އަލިފުށްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު މާދަމާ ހުޅުދުއްފާރު އުނގޫފާރު އަދި ދުވާފަރަށް ވަޑައިގަންނަވާނެއެވެ. 12 ޖަނަވަރީވާ ހޮނިހިރު ދުވަހު މާކުރަތު، ރަސްމާދޫ، އިންނަމާދޫ އަދި އިނގުރައިދޫއަށް ވަޑައިގަންނަވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު 13 ވަނަ ދުވަހު ކިނޮޅަސް، ފައިނު. މީދޫ އަދި މަޑުއްވަރީއަށްވެސް މިނިސްޓަރު ވަޑައިގަންނަވާނެއެވެ.     މިނިސްޓަރުގެ މި ދަތުރުފުޅުގައި މިނިސްޓަރާއިއެކު ޔޫތް މިނިސްޓްރީގެ އިތުރު ފަސް ބޭފުޅުން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު މި ދަތުރުފުޅުގައި ރަށު ކައުންސިލްގެ އިތުރުން ޒުވާނުންނާއި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.   މިއީ ރައީސް ސޯލިހްގެ މިނިސްޓަރެއް މީދޫއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...