އެމް.ޑީ.ޕީ ޕްރައިމަރީ: ދެ ކެންޑިޑޭޓުންގެ ކެމްޕެއިންވެސް ފޯރީގައި ކުރިއަށް!
 މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީގެ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއަށް ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިންވެސް ފޯރީގައި ކުރިއަށް އެބަގެންދެއެވެ.   އެގޮތުން ޕްރައިމަރީގައި ވާދަކުރާ ދެ ކެންޑިޑޭޓުންކަމަށްވާ ރ. މަޑުއްވަރީ ރަތްފުސްގެ މޫސާ އަލީ މަނިކު އަދި ރ. މަޑުއްވަރީ ލިލީމާގެ އާދަމް ޝިހާމްވެސް އަންނަނީ ދާއިރާގެ ދެރަށްކަމުގައިވާ މީދޫ އަދި މަޑުއްވަރީގައިވެސް ތަފާތު ކެމްޕެއިންގެ ހަރަކާތްތައް ހިންގަމުންނެވެ.   ވާދަވެރިވާނެކަމަށް ބެލެވޭ މި ޕްރައިމަރީގައި ވާދަކުރާ ދެ ކެންޑިޑޭޓުންވެސް މީދޫގައި ދޮރުން ދޮރަށް ހިނގުމާއި ޒުވާނުންނާއި ބައްދަލުކޮށް ތާއިދު ހޯދުމަށް މި ފާއިތުވެދިޔަ ދުވަސްތަކުގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މި ޕްރައިމަރީގައި ކުރިން ވާދަކުރާނެކަން އިޢުލާނުކޮށް ފޯމު ހުށައެޅުމަށްފަހު ނަން އަނބުރާ ނެގި އިބްރާހިމް ރަޝީދުވެސް މޫސާ އަލީ މަނިކުގެ ކެމްޕެއިން ހަރަކާތްތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.   އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންޠިހާބުގައި މަޑުއްވަރީ ދާއިރާއަށް އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރާނީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓެކެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...