މީދޫ ކަނބަލުންގެ ފުޓްސަލް ޓީމް،އުންމީދީ ޓީމެއް!
  އަނަންތަރާ ކިހަވައް މޯލްޑިވްސް ރިސޯޓާ ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗެއްގައި މީދޫ ކަނބަލުންގެ ޓީމުން، އެޓީމުގެ ފެންވަރު އަނެއްކާވެސް ދައްކާލައިފިއެވެ.    މީދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު މި މެޗުގައި ކަނބަލުންގެ ޓީމުން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މި މެޗު މީދޫ ޓީމުން ކާމިޔާބުކޮއްފައިވަނީ ތަފާތު ބޮޑު ނަތީޖައަކުން، 16 ލަނޑު 1 ލަނޑުންނެވެ.    އަނަންތަރާ ކިހަވައް މޯލްޑިވްސް ގެ ދައުވަތަކައް ކުޅެވުނު މި މެޗުގައި މީދޫ ކަނބަލުންގެ ޓީމަށް ކޯޗުކަން ކޮއްދީފައިވަނީ ހަސަން ޝަރީފް (ރޯމިއޯ) އެވެ. މިއީ ކޯޗު ރޯމިއޯގެ އިރުޝާދުގެ ދަށުން މީދޫ ކަނބަލުންގެ ޓީމުން ކުޅުނު ދެވަނަ މެޗުކަންވެސް ފާހަގަކޮށްލެވެއެވެ.

 މީދޫ ކަނބަލުންގެ ފުޓްސަލް ޓީމުންވަނީ މީގެކުރިންވެސް ރ.މަޑުއްވަރީ ޓީމަކާއި ކުޅެ އެމެޗު ކާމިޔާބުކޮށްފައެވެ. މިޓީމުގެ ތަޞައްވުރަކީ ކުރިޔަށްއޮތް ތަނުގައިވެސް މިފަދަ އިތުރު މެޗުތަކެއް ކުޅެ، ކުޅިވަރުގެ މައިދާނުގައި މީދޫ ކަނބަލުން ގެ ނަން ވިދުވާލުމެވެ.    
ކިޔުންތެރިންގެ ހިޔާލް

2019-01-09 21:17:17
Hageegaye
Meedhoo dadu elhi mee haa yakah masay kathu laari nudeyoo adhi air ticket laarives nude yo atho eye
އެންމެ މަގުބޫލު: 7 ދުވަސް

...