ދޮޅު ގަޑިއިރު ތެރޭގައި ޖެޓީން ބޮޑު 5 ކޮތަޅު ކުނި، ތިން ޒުވާނުންނަށް ސާބަސް!
 ޖެޓީ ފަޅުގެ ތެރެއަށް ގިނަވެފައިވާ ޕްލާސްޓިކް ފުޅިތަކާއި އެކި ޒާތްޒާތުގެ ކުނިތައް މިއަދު ހަވީރު ތިން ޒުވާނުން ނިކުމެ އެއްކޮށް ނަގާ ސާފުކޮށްފިއެވެ.   'އެމް.ކޮކޯ ބީޗް'ގެ ނަމުގައި މަޝްހޫރުވެފައިވާ ގޮނޑުދޮށް ސާފުކުރުމުގައި އިސްކޮށް އުޅޭ އަބްދުﷲ ރަޝީދު އިސްވެ 'އެމް.ކޮކޯ' ގްރޫޕުގެ އިތުރު ދެ ޒުވާނުންނާއިއެކު މިއަދު ހަވީރު 4.30 ގައި ފެށި މި މަސައްކަތް ނިންމާލިއިރު ބޮޑު 5 ކޮތަޅުގެ ކުންޏާއި އިތުރު ކުނިތަކެއްވެސް ނަގާފައިވެއެވެ. މި ތަކެތި މާދަމާ އުކާލާ ގޮތަށްވަނީ ނިންމާފައެވެ.   މިއަދު ޖެޓީ ފަޅުތެރެއިން ނެގި ކުނިތަކުގެ ތެރޭގައި އެކި ޒާތްޒާތުގެ ޕްލާސްޓިކް ފުޅިއާއި، ޕްލާސްޓިކް ކޮތަޅުގެ އިތުރުން ދަޅުފަދަ ތަކެތި ހިމެނެއެވެ. މިއަދު މި ތިން ޒުވާނުން ކުނިތައް ނެގުމާއިއެކު މި ތިން ޒުވާނުންނަށް އަންނަނީ އެކި ފަރާތްތަކުން ތައުރީފް ކުރަމުންނެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...