ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2017 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ޒައިނާ، ނާޖިޔާ އަދި ސަޚިއްޔާ!
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2017ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ރ. މީދޫ މާފަހި، ޒައިނާ ރަޝީދާއި ރ. މީދޫ ވެނީލާގޭ ނާޖިޔާ ޢަބްދުއްރައްޒާޤު އަދި ރ. މީދޫ ކުރިބޯށި ސަޚިއްޔާ ޢަބްދުލްޣަނީ ހޮވިއްޖެއެވެ.
މިދަރިވަރުންނަށް އިނާމުދީފައިވަނީ ރޭ، ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި އެމަރުކަޒުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާގައެވެ. ރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެލިޔާ އިންވެސްޓްމެންޓުގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް އަޙުމަދު ސަޢީދެވެ. 
މިއަހަރުގެ އިނާމުދިނުމުގެ ޖަލްސާގައި 3 ދަރިވަރުންނަށް ބެސްޓް އޯލް ރައުންޑްގެ ގޮތުގައި ހޮވިފައިވަނީ މިދިޔަ އަހަރު ރ. އަތޮޅު ތަޢުލީމީ މަރުކަޒުން އޭ ލެވެލް ގެ 2 ބެޗާއި އޯ ލެވެލް ގެ ބެޗެއް ނިމިފައިވާތީއެވެ.
ޒައިނާ ރަޝީދުވަނީ 2017 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 1 މާއްދާއިން އޭ ސްޓަރ އާއި 5 މާއްދާއިން އޭ ފާސް އަދި  1 މާއްދާއިން ބީ ފާހާއި 1 މާއްދާއިން ސީ ފާސް ހޯދާފައެވެ. އަދި ނާޖިޔާ ޢަބްދުއްރައްޒާޤުވަނީ 2017 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގައި 2 މާއއްދާއިން އޭ ސްޓަރ  2 މާއްދާއިން އޭ ފާސް އަދި 1 މާއްދާއިން ބީ ފާސް ހޯދާ، ރާއްޖޭގެ ޤައުމީ ގަދަ 10 އެއްގެ 2 ވަނައިގައި ހިމެނިފައެވެ. ސަޚިއްޔާ ޢަބްދުލްޣަނީވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގައި 2 މާއްދާއިން އޭ ސްޓަރ އާއި 1 މާއްދާއިން އޭފާސް އަދި 2 މާއްދާއިން ބީ ފާސް ހޯދާ ޤައުމީ ގަދަ 10ގެ 4 ވަނައިގައި ހިމެނިފައެވެ. 
ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަރަފުވެރި މެހުމާނު ވިދާޅުވީ ކާމިޔާބު ކުއްޖަކަށްވުމަށްޓަކައި ފަސް ވަޤުތުގެ ނަމާދަށް ފަރުވާތެރިވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކާމިޔާބު ކުއްޖަކަށްވުމަށް ކުރެވިދާނެ ކަންތައްތަކެއް އެމަނިކުފާނުވަނީ ދަރިވަރުންނަށް ޙިއްސާކުރައްވާފައެވެ. 
ރޭގެ ޖަލްސާގައިވަނީ ވޭތުވެދިޔަ އަހަރު އެމަރުކަޒުގެ އެކިއެކިވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމުދީފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...