ޔަމަނަށް އެހީވުމަށް މިއަދު މީދޫގައި ޑޯޓުޑޯ ފަންޑްރައިސިންގ އިވެންޓެއް ބާއްވަނީ
  ދަތި ހާލުގައި އުޅެމުންދާ ޔަމަންގެ މުސްލިމް އަޙުންނާއި އުޙުތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ފަށާފައިވާ 'ހެލްޕް ޔެމަން' ކެމްޕެއިންގެ ދަށުން މިއަދު މީދޫގައި ޑޯޓުޑޯ ފަންޑްރައިސިންގ އިވެންޓެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.   އުއްމީދު، މީދޫ އެކުވެރި ކުލަބު، މީދޫ ޖަމުޢިއްޔަތުއް ޞަލާހު އަދި މާސީ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. މި ހަރަކާތުގައި މީދޫގެ ގޭބިސީތަކަށް ޓީމުތަކުން ފަންޑު ފޮށި ހިފައިގެން ދިޔުމުން އެ ފަރާތަކަށް ދެވެން އޮތް މިންވަރަކުން އެހީވެދިނުމަކީ މިކަމުގައި އިސްކޮށް އުޅޭ ޓީމުގެ ވަރަށް ބޮޑު އެދުމެއްކަމަށް އެ ޓީމުން ބުންޏެވެ.   ޔަމަނަށް އެހީވުމުގެ ގޮތުން މީގެ ކުރިންވެސް މީދޫގައި ހެދިކާ ވިއްކުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...