ކުރީގެ ރައީސް ޔާމީން މިއަދުވެސް ފުލުހަށް ހާޒިރުކޮށްފި
  ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު 1.30 ގައި ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވުމުން ފުލުހަށް ހާޒިރުވެއްޖެއެވެ.
މާލީ މުއާމަލާތްތަކުގެ ތުހުމަތުތަކެއްގައި އެ މަނިކުފާނު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ވަނީ އެއް ފަހަރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ. އެދުވަހު ފުލުހުންގެ އިދާރާ ސަރަހައްދަށް ރައީސް ޔާމީނަށް ތާއިދުކުރާ ގިނަ ބަޔަކާއި އިދިކޮޅުގެ ގިނަ ބަޔަކުވެސް އެއްވެފައިވީ ނަމަވެސް މިއަދު އެ ސަރަަހައްދަށް މާ ގިނަ ބަޔަކު އެއްވެފައެއްނުވެއެވެ.
މި މައްސަލަތަކުގެ ތަހުޤީޤަށް ފުލުހުންވަނީ ރައީސް ޔާމީންގެ އެކައުންޓުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒްކޮށްފައިކަމަށް ޔާމީން ފުލުހަށް ހާޒިރުކުރި ފުރަތަމަ ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...