ގޮނޑި ގޮނޑިއަށް ކުރިމަތިލާ މީހުން 5 ވަގުތު ﷲގެ ގެފުޅާ ކުރިމަތިލާތޯ ބައްލަވާ!
  މި ކުރިމަތިވާ ދުވަސްތަކަކީ ގޮނޑި ގޮނޑިއަށް ކުރިމަތިލުމުގެ ކަންތައް ބޮޑުވެގެން އަންނާނެ ދުވަސްތަކެކެވެ. ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންޠިހާބެވެ. މި އިންޠިހާބުގައި ވޯޓުލާއިރު ވިސްނާލަން ޖެހޭ ކަންތައްރައް އިންތިހާއަށް ގިނައެވެ. އެކި މީހުން ވިސްނާނީވެސް އެކި ކަންތައްތަކާއި މެދުގައެވެ.   ދާއިރާއަށް އުފަން ދާއިރާގެ މީހާއަށް ނުވަތަ ގާތްތިމާގެ މީހާއަށް ނޫނީ ތަޢުލީމީ ޤާބިލް މީހާއަށް ވޯޓުދޭ މީހުންވެސް ބައިވަރެވެ. އެހެންނަމަވެސް މި ހުރިހާ ކަމަކަށްވުރެ ކުރިން ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. އެއީ އެ މީހެއްގެ އެހެން ހުރިހާ ކަމެއް އެއާއި ގުޅިގެން ރަނގަޅުވާނެ ކަމެކެވެ.   އާދެ! ވިސްނާލަންވީ އެންމެ މުހިއްމު ކަމަކީ ގޮނޑި ގޮނޑިއަށް ކުރިމަތިލާ މީހާއަކީ 5 ވަގުތު ﷲގެ ގެފުޅުާ ކުރިމަތިލާ މީހެއްތޯއެވެ. އެމީހާ އަކީ ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރާ މީހެއްތޯ ބެލުމަކީ ކޮންމެހެން ކުރަން ޖެހޭނޭ ކަމެކެވެ. އެހެނީ ހެއްދެވި ފަރާތަށް ކިޔަމަންތެރި ނުވާ މީހަކު ރައްޔިތުންނަށް ކިޔަމަންތެރިވާނޭ ހަމައެއްވެސް ގޮތެއް ނޯންނާނެވެ.    މިކަމާއި ބެހޭ ގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވީ، "ފަރުޟު ފަސް ނަމާދަކީ އެންމެ މުހިންމު އަޅުކަން. އެއީ ތިމާގެ ބޮލުގައި އެޅޭ ދަރަންޏެއް. އެ ދަރަނި ފިލުވުމަކީ ކޮންމެ ފަރުދެއްގެ މަސްއޫލިއްޔަތެއް! ވީމާ އެ މަސްއޫލިއްޔަތު ބަރާބަރަށް އަދާނުކުރެވޭ ފަދަ ބޭފުޅުން ކިހިނެއްތޯ އެހެން ބައެއްގެ މަސްއޫލިއްޔަތާ ހަވާލުވާނީ؟" މިހެންނެވެ.   އެހެންކަމުން ބަރާބަރަށް ފަސް ވަގުތު ނަމާދު ނުކުރާ ބަޔަކު ނުހޮވުމަށް ޝައިޚް އަލީ ޒައިދުވަނީ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.   ވޯޓުލާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ކުރިން އެންމެ ފުރަތަމަ ވިސްނަންވީ ކަމަކީއެވެ. ކެންޑިޑޭޓުންވެސް ރައްޔިތުންގެ ކުރިމައްޗަށް ނިކުތުމުގެ ކުރިން އަމިއްލަ ނަފްސާއިމެދު ވިސްނާލުމަކީ މުހިއްމުކަމެެކެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...