މީދޫ ކައުންސިލް އިދާރާއަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ އެއް ހޯދަނީ
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާއަށް އިކޮނޮމިކް ޑިވެލޮޕްމެންޓް އޮފިސަރެއް ހޯދަން އިޢުލާންކޮށްފިއެވެ.    މީދޫ ކައުންސިލް އިދާރާއިން ނެރެފައިވާ އިއުލާނުގައި ވާ ގޮތުން މި ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، 10 ޖަނަވަރީގެ ކުރިން އެބޭފުޅެއްގެ ސީވީ އާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ހަދާފައިވާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ އިތުރުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއާއި އެކު ސިވިލް ސަރވިސް ގެ  ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށައަޅާނީ ރ.މީދޫ ކައުންސިލް އިދާރާއަށެވެ. މި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.     މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮއްވެސް ބަލައިގަންނާނެއެވެ. މި މަގާމަށް ކުރިމަތިލާ، މަގާމަށް ޝަރުތު ހަމަވާ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް އިންޓަވިއު ކުރިއަށްދާނީ ރ. މީދޫ ކައުންސިލް އިދާރާގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...