މީދޫގެ މަގުތަކުގައި ގައު އަތުރާ ނިމިފައި، އެކަމަކު ބައެއް މަގުތަކުން ފެން ނުހިނދޭ!
މީދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން މަގުތަކަުގައި ގައުއަތުރާ ނިމިފައިވާއިރު، އަދިވެސް ބައެއް މަގުތަކުގައި ފެންބޮޑުވާކަމުގެ ޝަކުވާ އާންމުން ކުރަން ފަށައިފިއެވެ.ރޭ މީދޫއަށް ވެހުނު ބޯ ވާރެއާއެކު ބަނދަރު މަގުގައި ހެދިފައިވާ ފެންގަނޑު އަދިވެސް ނުހިނދެއެވެ. ބަނދަރު މަގުގައި ދުވާރަށްވުރެވެސް މައްޗަށް ފެން ހެދިފައި ހުރި ފޮޓޯތަކެއް މިހާރުދަނީ މީސްމީޑިޔާގައި ދައުރުވަުންނެވެ. 
މީގެއިތުރުން ސިއްހީ މަރުކަޒާއި ގަބުރުސްތާނު ގުޅޭ ކަންމަތީގައިވެސް، ވާރޭ ވެހިއްޖެނަމަ ފެންބޮޑުވެއެވެ. އެހެންނަމަވެސް ގައު އަތުރާފައިވާ ގިނަމަގުތަކުގައި އެއްވެސް ވަރަކަށް ފެން ހަރުލާފައި ނުހުންނަކަންވެސް ފާހަގަކުރެވެއެވެ.
މިކަމާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ފަރާތުން މީދޫ ސައިޓްގެ މެނޭޖަރ ޢަބްދުލް ބާސިތު ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެން ހެދޭނެކަމަށާއި  އެއީ މިވަގުތު ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕު ސްޓޭޝަން ނެތުމުގެ ސަަބަބުންކަމަށެވެ. އަދި މަގުހެދުމުގެ މަޝްރޫޢު އެއްކޮށް ނިމޭއިރު މިމައްސަލަވެސް ހައްލުވާނެކަމަށް ބާސިތު ވިދާޅުވިއެވެ.           
ކިޔުންތެރިންގެ ހިޔާލް

2018-08-16 05:40:32
ބުރިޓޯ
ތަރައްޤީ އުތުރިއަރާއިރު އެވަރުގެ ކަމެއް ހިނގާފާނެ.
އެންމެ މަގުބޫލު: 7 ދުވަސް
...