ޢީދު ބަންދަށް ދަތުރުތައް ފުލްކޮށް، ދަތުރުތަކުގެ އަގުވެސް އާއްމު އަގުތަކަށްވުރެ ބޮޑުކޮށްފި!
ކުރިއަށް އޮތް ޢީދު ބަންދާއިދިމާކޮށް މީދޫއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ގިނަ އުޅަނދުތަކުގެ ޖާގަތައް ފުލްވެއްޖެއެވެ.
އެގޮތުން އާއްމުކޮށް ދަތުރުކުރާ އަދަދަށްވުރެ ގިނަ އަދަދެއްގެ ލޯންޗު ފެރީވެސް އީދާއި ދިމާކޮށް މީދޫއަށް ދަތުރުތައް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމައެއާއިއެކު ގިނަ ބަޔަކު މީދޫއަށް ދާން ބޭނުންވެ ލޯންޗު ފަހަރުތަކުގެ ޑިމާންޑު އުފުލިގެން ދިއުމާއިއެކު ލޯންޗުފަހަރުތަކުގެ އަގުތައްވެސް އިންތިހާއަށް ބޮޑުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިން 550 އާއި 585 ރުފިޔާއަށް ކުރަމުން އައި ލޯންޗު ދަތުރުތައް 650 އާއި 900 އާއި ދެމެދަށް ބަދަލުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ބުރާސްފަތި ދުވަހުން ފެށިގެން އީދާއި ޖެހެންދެން އެކި ލޯންޗު ފަހަރުތަކުގެ ދަތުރުތައް މީދޫއަށާއި ރ. އަތޮޅަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ދަރަވަންދޫ އެއާޕޯޓުގެ ފްލައިޓްތައްވެސް ހޯމަ ދުވަހާއި ހަމައަށް ފުލްވެފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ.
މިދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެއް ނަމަވެސް ގިނަ ބަޔަކު އަންނަނީ ޢީދު ބަންދާއި ދިމާކޮށް ރަށްރަށް ދިއުމަށް ތައްޔާރުވަމުންނެވެ. މި ދެތިން ދުވަސްތެރޭގައި މުޅި ރާއްޖެއަށް ވިއްސާރަކުރި ނަމަވެސް ޢީދު ހަފްތާގައި މޫސުން ރަނގަޅުވާނެކަމަށް މެޓު އޮފީހުން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލް

2018-08-15 08:37:48
ވަޓް
ފެން އީދު އަންނަނީ...
އެންމެ މަގުބޫލު: 7 ދުވަސް

...