ބިދުޢައެއް ދިރުވާ އާލާކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނޭ ކަމެއް ނޫން!
ބިދުޢައެއް ނެތި ގޮސްފައި އޮއްވާ އަލުން އެ ބިދުޢަ ދިރުވާ އާލާ ކުރުމަކީ އެއްވެސް މުސްލިކަމު ކޮށްގެންވާނޭ ކަމެއް ނޫންކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.   ޝައިޚް ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ބިދުޢައެއް ނެތި ގޮސް އޮއްވާ އަލުން އެ ބިދުޢަ ދިރުވާ އާލާ ކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ. އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް އެވެ. އެއީ ޙުދު އަޅުގަނޑު ކަމުގައި ވީނަމަވެސް ބިދުޢަވާނީ ބިދުޢަ އަށް! މިފަދަ ކަންކަމަށް ނޫނެކޭ ބުނަން ޖެހޭނެ އެންމެ ބޭފުޅުންވެސް!" މިހެންނެވެ.   ބިދުޢަ އަކީ ދީނުގައި އަލަށް އުފެދޭ ކަންކަމެވެ.   ޝައިޚް ޒައިދު މިހެން ވިދާޅުވެ ޓުވީޓު ކުރައްވާފައި މިވަނީ ކުރީގެ ރައީސް ނަޝީދު ޞަލަވާތް ކިޔެވުމަށްފަހު އެ މަނިކުފާނުގެ ކެމްޕެއިން އޮފީސް މިއަދު ހުޅުވާފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...