އަޟްޙާ ޢީދު ބަންދުގައި މީދޫ ސިއްހީ މަރުކަޒުން ޚިދުމަތްދޭ ގަޑިތައް އާއްމުކޮށްފި.
ކުރިއަށް އޮތް އަޟްހާ ޢީދު ބަންދުގައި މީދޫ ސިއްހީ މަރުކަޒުން ޚިދުމަތްދޭ ގަޑިތައް އެމަރުކަޒުން އާއްމުކޮށްފިއެވެ.   އެމަރުކަޒުން އާއްމުކޮށްފައިވާގޮތުން ޢީދު ބަންދުގައި ޑޮކްޓަރު ބައްލަވާ ގަޑިތަކަކީ 18، 20، 22، އަދި 25 އޮގަސްޓް 2018، މިއިން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 4:00 އަށާއި އޮގަސްޓް 18 އިން 25 އަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 ން 10:30 އަށެވެ. އަދި ޑޮކްޓަރުން ބައްލަވާ ކޮންމެ ގަޑިއެއްގައިވެސް ލެބޯޓަރީގެ ޚިދުމަތްވެސް ލިބިލައްވާނެކަމަށްވެސް އެމަރުކަޒުން ހާމަކުރައްވާފައިވެއެވެ.   މީގެއިތުރުން މީދޫ ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓުން ދެމުންގެންދާ ޢާއިލާ ރޭވުމުގެ ޚިދުމަތާއި ކުޑަކުދިންގެ ބަރުދަން ބެލުމުގެ ޚިދުމަތް ޢީދު ބަންދުގައި ލިބިލައްވާނީ އޮގަސްޓުމަހުގެ 19، 21، 23 އަދި 25، މި ހަތަރު ދުވަހުގެ މެންދުރު 11:00 ން މެނދުރުފަހު 1:30އަށްކަމަށް އެމަރުކަޒުން އާއްމުކޮށްފައިވެއެވެ.   މީދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ސިއްހީ މަރުކަޒެކެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...