އެއްވެސް މުސްލިމަކު ކުރިސްމަސް ފާހަގަކޮށް "މެރީ ކްރިސްމަސް" ފަދަ އިބާރާތްތައް ބޭނުންކޮށްގެން ނުވާނެ!
  ކްރިސްމަސް ފަދަ ނަޞޯރާއިންގެ ދީނީ ޢީދެއް އަޅުގަނޑުމެން މުސްލިމުން އެއްވެސް ހައިސިއްޔަތަކުން ފާހަގަކުރުމަކީ ނުވަތަ އެ ދުވަހުގެ ތަހުނިޔާ ނަސޯރާއިންނަށް ކިޔުމަކީވެސް އެއްގޮތަކަށްވެސް ކޮށްގެން ވާނެކަމެއް ނޫނެވެ.   ރާއްޖޭގެ ރިޒޯޓުތަކުގައިވެސް ކްރިސްމަސް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު މިފަދަ ކަންކަމާއި ދުރުވުމަށް ދީނީ ޢިލްމުވެރިން އަންނަނީ ނަޞޭހަތްތެރިވަމުންނެވެ. އެގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލީ ޒައިދު މިކަމާއި ގުޅިގެން ނަޞޭހަތްތެރިވެ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، "މެރީ ކްރިސްމަސް ފަދަ އިބާާރާތްތައް ބޭނުންކުރުން ކަނޑައެޅިގެން ޙަރާމް، ކްރިސްމަސް ފަކީ ނަޞޯރާއިންގެ ދީނީ އަޅުކަމެއް، މިކަމުގެ އެއްވެސް ޢަމަލެއްގައި އެއްވެސް މުސްލިމަކު ބައިވެރިނުވުމަށް ނަޞޭހަތްތެރިވަން. ބައެއް ދިވެހިން އުޅޭ ގޮތް ކަމަކު ނުދޭ." މިހެންނެވެ.   ޢުމަރު ބުނުލް ޚައްޠާބު (ރަޟިޔަﷲ ޢަންހު) ވިދާޅުވެފައިވެއެވެ. "ﷲގެ ޢަދުއްވުންގެ ޢީދުތަކުގައި އެބައިމީހުންނާއި ކައިރިނުވާށެވެ." އިބްނު ޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. މީހަކު ރާބޯތީ، މީހުން މަރާތީ، ޒިނޭ ކުރާތީ އޭނާއަށް މަރުހަބާ ކިޔުމުގެ ފާފައަށްވުރެ، ކްރިސްމަސްގައި މީހަކަށް މަރުހަބާ ކިޔުމުގެ ފާފަ ބޮޑުވެގެންވެއެެވެ." އެހެންކަމުން މި ދުވަސް ފާހަގަކުރުމާއި އެއްވެސް ހައިޞިއްޔަތަކުން ދުވަހުގެ ކަމެއްގައި ބައިވެރިވުމުގެ ނުބައިކަމާއި ބިރުވެރިކަން އެނގިގެންދެއެވެ.   އެހެންކަމުން އަޅުގަނޑުމެން މުސްލިމުންނަށްވެހުރެ މި ފަދަ ދުވަސްތަކާއި ކަންކަމުން ދުރުހެލުވުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ނަޞޭހަތްތެރިވަމެވެ.  
ކިޔުންތެރިންގެ ހިޔާލް

2018-12-24 13:36:13
rajab
ragalhu vaahakae
އެންމެ މަގުބޫލު: 7 ދުވަސް

...