ގްރެފިކް ޑިޒައިޒިނިންގ ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި.
މީދޫ ޓައިމްސްއާއި ލެންޓާން އަދި ޓީމް ދަޢުވާ މޯލްޑިވްސް ގުޅިގެން މީދޫގައި ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދިޔަ ގްރެފިކް ޑިޒައިން ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
މީދޫ އަންހެނުންގެ އިޖްތިމާޢީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ޝާރަފުވެރިކޮށްދެއްވީ މީދޫ ޖަމްޢިއްޔަތުއްޞަލާޙުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝިހާމެވެ. ރޭގެރަސްމިއްޔާތުގައި މީދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޢަފީފު އިބްރާހީމާއި ކައުންސިލްގެ ނާއިބު ރައީސް ނާޖިހު ޖަމީލުގެ އިތުރުން މީދޫ އެކުވެރި ކުލަބުގެ ރައީސް އަލްފާޟިލް މުޙައްމަދު ސަޢީދުވެސް ބައިވެރިވިއެވެ. 
ރޭގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޝަރަފުވެރި މެހުމާނު ވިދާޅުވީ، މީދޫގައި ގިނަ ދުވަސްވީ އިޖްތިމާޢީ މަސައްކަތްކުރާ ޖަމާއަތްތަކެއް މަސައްކަތްކުރަމުން ދަނިކޮށް، މީދޫ ޓައިމްސް އިން މިފަދަ ކަމަކަށް އިސްނެގީތީ އެކަމަށް ޝުކުރު އަދާކުރާކަމަށެވެ. އަދި  މީހުން ބިނާކުރުމުގެ މިފަދަ މަސައްކަތްތައް މީދޫއަށް ނުހަނު ބޭނުންވެފައިވާކަމަށްވެސް ޝިހާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ޝިހާމް އިތުރަށް ވިދާޅުވީ މިފަދަ ދާއިރާތަކުގެ ކޯސްތަކަށް ޒުވާނުން އެދޭކަމުގައިވަނީނަމަ
 މުސްތަޤްބަލުގައި މީދޫގެ ޖަމްޢިއްޔާތަކުން މިފަދަ ކޯސްތައް ކުރިއަށްގެންދިޔުމަށް ގޮވާލައްވާފައެވެ. އަދި ޖަމްޢިއްޔަތުއްޞަލާޙުން
 އެކަމަށް ތައްޔާރަށް އޮތްކަމަށްވެސް ޝިހާމް ވިދާޅުވިއެވެ.  ކޯހުގެ ބައިވެެރިންނަށް މިކޯހުން ދަސްވި ހުނަރުތައް އިތުރަށް ތަރައްޤީކޮށް ޖަމާޢަތަށް ބޭނުންތެރި މީހަކަށްވުމަށްވެސް ޝަރަފުވެރި މެހުމާނު ނަސޭހަތްދެއްވިއެވެ. މިކޯހުގައި ކިޔަވައިދެއްވީ ގްރެފިކް ޑިޒައިނިންގެ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މުޙައްމަދު ވިޝާހެވެ. 

ރޭގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކޮށް 18 ބައިވެރިޔަކުވަނީ ސެޓިފިކެޓް ޙާޞިލްކޮށްފައެވެ. ރޭގެ ޙަފްލާގައި މީދޫ ޓައިމްސްގެ ފަރާތުންވަނީ މިކޯސް ކުރިއަށްގެންދިޔުމުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.         
ކިޔުންތެރިންގެ ހިޔާލް

2018-08-14 06:28:39
Aishaa
Photo ah meehunn ethuri bayakah salaam
އެންމެ މަގުބޫލު: 7 ދުވަސް
...