މީދޫ ހެލްތު ސެންޓަރުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ޅ.ހިންނަވަރު ހެލްތު ސެންޓަރަށް.
ރ. މީދޫ ހެލްތު ސެންޓަރުގެ 14 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޅ. ހިންނަވަރު ހެލްތު ސެންޓަރަށް އެކުވެރިކަމުގެ ޒިޔާރަތެއް ކޮށްފިއެވެ.
މީދޫ ހެލްތު ސެންޓަރުން މައުލޫމާތު ދެއްވިގޮތުގައި މި ދަތުރަކީ ހިންނަވަރު ހެލްތު ސެންޓަރުގެ މުވައްޒުންނާއި ގުޅުން ބަދަހިކޮށް، އެ ހެލްތު ސެންޓަރުގެ މަސައްކަތް ބަލާލުމުގެ ދަތުރެއްކަމަށެވެ. މީދޫ ހެލްތުގެ ސެންޓަރުގެ އެކި ޑިޕާރޓްމެންޓުތަކުން ޖުމްލަ 15 މުވައްޒަފުން ބައިވެރި މި ދަތުރުގައި މައިގަނޑު ގޮތެއްގައި ކުރިޔަށް ދިޔައީ ހިންނަވަރު ހެލްތު ސެންޓަރުގެ އެކި ޑިޕާރޓްމެންޓްތަކުގެ މަސައްކަތްތައް ބަލާލުން ކަމުގައި މީދޫ ހެލްތު ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލީ ހަމީން މީދޫ ޓައިމްސްއަށް މައުލޫމާތު ދެއްވިއެވެ.  މީގެ އިތުރުން ސިއްހީ މަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަކްގެ ފިރިހެން މުވައްޒަފުންނާއި މީދޫ ސިއްހީ މަރުކަޒުގެ ފިރިހެން މުވައްޒަފުންނާއި ދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗެއްވެސްވަނީ ކުޅެފައެވެ. މިމެޗް 1-6 ން ކާމިޔާބުކުރީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޓީމެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...