މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭ ކުލާސްތައް ފަށަނީ.
ރައީސުލް ޖުމުހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވާ ދިނުން ފެށުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަ ކުރެއްވުމުގެ ގޮތުން ކައުންސިލްތަކާއި ކީރިތިޤުރުއާނާއި ބެހޭ މަރުކަޒާ ގުޅިގެން މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭ ކުލާސްތައް މީދޫގައި ފެށުމަށް ހަމަޖެހިއްޖެއެވެ.   ރ. މީދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައިވާގޮތުން އަކުރު ދަސްކޮށްދޭ ކުލާހާއި، ޙިފުޡު ކުލާހާއި، ޤުރުއާން ޚަތިމް ކުލާސް ފެށުމަށް ހަމަޖެހިފައިވެއެވެ. މި ކުލާސްތަކުގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައިވަނީ މީދޫ މިސްކިތްތަކުގެ އިމާމުންނެވެ. ކުލާސްތައް އޮންނަ ގަޑިތަކާއި، މުޤައްރަރު އަދި ކުލާސްތަކާއި ގުޅޭ މަޢުލޫމާތު ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުން ލިބެން ހުންނާނެއެވެ. އަދި މި ކުލާސްތަކުގައި ދަރިވަރުން ބައިވެރިކުރުމަށް ބޭނުންވާ ބެލެނިވެރިންނަށް ކައުންސިލް އިދާރާއިން ފޯމް ލިބެން ހުންނާނެއެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ޠާރީހަކީ މި ހިނގާ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...