އަވަސް ނޫހުން ނަގައިދިން ފިލާވަޅު އަނބުރާ އަވަސްއަށް!
އިއްޔެ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭފަދަ ދުވަހެކެވެ. އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވާނެކަމަށް ވަރަށް ކުރިން އިޢުލާންކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު، އިންތިހާބުގައި ވާދަނުކުރާނެކަން އިއްޔެވަނީ ހާމަކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ޢުމަރު ނަސީރު އިއްޔެ ނެރުއްވި ބަޔާންވަނީ ވަރަށްބޮޑަށް ވައިގައި ހިފާފައެވެ. ސަބަބަކަށްވެފައިވަނީ އޭގައި ހުރި އިމްލާ ކުށްތައް އާންމުންގެ މީހަކު އިސްލާހުކޮށްދީ ސޯޝަލް މީޑިއާގައި އާއްމުކުރުމުގެ ސަބަބުންނެވެ. އޭނާ އެ ބަޔާނުގައި ހުރި ކުށްތަށް ފާހަގަކޮށް އާއްމުކުރުމާއިއެކު އޮންލައިން ނޫސް 'އަވަސް އޮންލައިން' އިން ވަނީ އެވާހަކަ ޙަބަރެއްގެ ގޮތުގައި ޝާއިޢުކޮށްފައެވެ.
މިއާއިއެކު އަނެއްކާވެސް ހިނގާދިޔައީ ނުދައްކާ ދޫނުކޮށްލެވޭވަރުގެ ވާހަކައެކެވެ. ޢުމަރުގެ ބަޔާނުން ކުށް އިސްލާހުކޮށްދިން ފަރާތުންވަނީ އަވަސްގެ ޚަބަރުންވެސް ކުށް އިސްލާހުކޮށްދީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. މިކަމުގެ ސަބަބުންވެސް އެތައް ބައެއްގެ ފާޑުކިޔުންވަނީ އަވަސް ނޫހަށް އަމާޒުވެގެންގޮސްފައެވެ. މީސްމީޑިޔާގައި މީހަކު ޚިޔާލުފާޅުކޮށްފައިވާގޮތުގައި މިފަދަ ޢިމްލާ ކުށްތައް ޢުމަރުގެ ބަޔާނުގައި ހުރުމުގެ އަޞްލަކީ ނޫސްތަކުން ގެނެސްދޭ ޚަބަރުތަކުގައި މިފަދަ ކުށްތައް ގިނަވުމެވެ.   'ޢުމަރުގެ ބަޔާނަށް ކިލާހެއް ނަގައިދީފި' ނަމުގައި އަވަސްއިން ލިޔުނު މި ޚަބަރަށްވެސް އެންމެ ފަހުން މިވަނީ ރަނގަޅު ކިލާހެއް ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...