ރިޔާސީ އިންތިޚާބަށް ރީރަޖިސްޓަރީކުރުން މިރޭ 12 އަށް ހަމަވާނެ!
އަންނަމަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެންރަށެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރީ-ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތު މިރޭ 12 އަށް ހަމަވާނެއެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި މިއަދުގެ މެންދުރާއި ހަމައަށް 86000 މީހުން  ރީ-ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ  ރީ-ރަޖިސްޓަރީވުމަށް ކޮންމެ ވަގުތަކުވެސް އިންތިހާބީ މަރުކަޒަށްގޮސް  ފޯމު ހުށައެޅޭނެކަމަށެވެ. އަދި ފޯމު ހުށައެޅުއްވުމަށްފަހު  ރީ-ރަޖިސްޓަރީވެފައިވޭތޯ ޔަޤީންކުރެއްވުމަށްވެސް އެކޮމިޝަނުން އެދިލައްވައެވެ. 

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ 263000 މީހުން އެބަތިބިކަމަށް އިލެކަޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...