އުނގޫފާރު ހޮސްޕިޓަލްގެ އައުޓްރީޗް ޕްރޮގްރާމް ސެޕްޓެމްބަރ 19 ގައި މީދޫގައި، ނަންނޯޓުކުރަން ފުރުސަތު ހުޅުވާލައިފި.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގުރާމް ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހު މީދޫގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެގޮތުން އެ ދުވަހު މީދޫގައި ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކާއި ހަމުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ލޮލުގެ ބަލިތަކުގެ ޙާއްސަ ޑޮކްޓަރަކު މީދޫ ސިއްހީ މަރުކަޒުގައި ހަރަކާތްތެރިވެލައްވާނެކަމަށް މީދޫ ސިއްހީ މަރުކަޒުން ނެރެފައިވާ އިޢުލާނުގައިވެއެވެ.   މި ދުވަހު މި ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިއްޙީ މަރުކަޒަށް ދުރުވެ ނުވަތަ މަރުކަޒުގެ ފޯން ނަމްބަރު 6580396 ނަމްބަރު ފޯނަން ގުޅުއްވައިގެން ނަންނޯޓު ކުރެއްވުމަށް އެ މަރުކަޒުން އެދިލައްވައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...