19 ބައިވެރިނާއި އެކު ގުރެފިކް ޑިޒައިނިންގ ކޯހެއް މީދޫގައި ފަށައިފި.
އެޑޯބީ ފޮޓޯޝޮޕް އަދި އިލަސްޓްރޭޓަރ އިން ފޮޓޯ އެޑިޓްކޮށް ރީޓަޗްކުރަން ދަސްކޮށްދޭ، ގްރެފިކް ޑިޒައިނިންގ ކޯހެއް މީދޫގައި ފަށައިފިއެވެ. 

19 ބައިވެރިންނާއިއެކު ފެށި މި ކޯހަކީ މީދޫ ޓައިމްސް އާއި ޓީމް ދައުވާ އަދި ރ. ހުޅުދުއްފާރު ލެންޓާންއާއި ގުޅިގެން ކުރިޔަށްގެންދާ ކޯހެކެވެ. 6 ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މިކޯހުގައި ކިޔަވައިދެއްވަނީ ކަމުގެ ތަޖުރިބާކާރު ދެބޭފުޅުންނެވެ. 
މިފަދަ ކޯހެއް ބޭއްވުމުގެ މަޤްސަދަކީ ގްރެފިކް ޑިޒައިނިންގ ގެ ހުނަރު ތަރައްގީ ކުރަން ބޭނުންވެފައިވާ ޒުވާނުންނަށް ފަހި ގޮތެއްގައި ފުރުސަތު ހޯދައިދިނުން ކަމުގައި އެމް.ޓީއިން ހާމަކުރެއެވެ. 

މިފަދަ އިތުރު ކޯސްތަކެއް ބޭއްވުމަށް ވިސްނަމުންދާކަމަށްވެސް ކަމަށް އެމް.ޓީ އިން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...