ރ.މިދޫ ގައި "ހޯޕް ފޯރަމް"ގެ ނަމުގައި ފޯރަމްތަކެއް ކުރިއަށް ގެންދަނީ
މުޖުތަމަޢުގައި ހިނގާ ތަފާތު މައްސަލަތަކާއި، އަދި ރައްޔިތުންނާއި ގުޅޭ ތަފާތު އެކި ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށް ހޭލުންތެރުކުރުމާއި ބެހޭގޮތުން "ހޯޕް ފޯރަމް"ގެ ނަމުގައި ސިލްސިލާ ފޯރަމްތަކެއް ކުރިއަށް ގެންދިޔުމަށް އުއްމީދު ޖަމްޢިއްޔާއިން ނިންމައިފިއެވެ. އެގޮތުން މިސިލްސިލާގެ ފުރަތަމަ އެޕިސޯޑު މިރޭ ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ. މިކަމާއި ބެހޭގޮތުން މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން އުއްމީދު ޖަމްޢިއްޔާގެ ރައީސް ޢަލީ ރަޝީދު ވިދާޅުވީ، މިއީ އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގެ ތެރޭގައި ހިނގާ ތަފާތު މައްސަލަތަކާއި، އަދި ރައްޔިތުންނާއި ގުޅޭ ތަފާތު އެކި ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ، އެގޮތަށް ޖަމްޢިއްޔާތަކުން ވިސްނުން ގެންގުޅުމަށް ބާރު އެޅުމުގެ ގޮތުންނާއި އަދި އެކި ދާއިރާތަކުން މުޙިއްމު މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދީ ހޭލުންތެރި ކުރުވުމުގެ މަޤްސަދުގައި ބާއްވާ ފޯރަމްތަކެއް ކަމަށެވެ. މިގޮތުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެޕިސޯޑުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ "ޔުނައިޓެޑް ސޮސައިޓީ ފޯރ ބެޓަރ ފިޔުޗރ (ފާގަތި މުސްތަޤްބަލަކަށް ބަދަހި މުޖްތަމަޢުއެއް)" މިމަޢުލޫއަށެވެ. ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިރޭގެ ފޯރަމް ކުރިއަށް ދާނީ މީދޫ އަންހެނުންގެ އިޖްތިމާޢީ މަރުކަޒުގެ ހޯލުގައި 21:00 އިން ފެށިިގެންނެވެ. މިފަދަ ޕްރޮގްރާމްތަކުން މުޖްތަމަޢަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނަމުން ދާކަމަށް އެ ޖަމްޢިއްޔާއަށް މަޢުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...