ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ބަޔޮލޮޖީ ޓީޗަރެއް ހޯދަނި
  ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ބަޔޮލޮޖީ ޓީޗަރެއް ހޯދަން މިއަދު އިޢުލާންކޮށްފިއެވެ. 2019 ވަނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިއަށް ހޯދުމަށް އިޢުލާންކޮށްފައިމިވަނީ ދާއިމީ ޓިޗަރަކަންކަން ފާހަގަކޮށްލެވެއެވެ. މި ވަޒިފާގެ މުސާރައިގެ ގޮތުގައި 7070.00 ރުފިޔާއާއި 10940.00 ރުފިޔާއާއި ދެމެދުގެ މުސާރައެއް ކަނޑައަޅާފައިވާއިރު ސާވިސް އެލެވެންސްގެ ގޮތުގައި މަހަކު 2500.00 ރުފިޔާ ލިބިގެންދާނެކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވެންސްވެސް ލިބިގެންދާނެއެވެ. މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރުގެ އިތުރުން މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކައް ބަލާނެކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. މި މަޤާމަށް އެދޭ ފޯމު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރީ އޮފީހުގެ ކައުންޓަރުންނާއި ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުން ލިބޭނެއެވެ. މަޤާމަށް އެދި ހުށައަޅަށް ޖެހޭތަކެތި ހުށައެޅުމުގެ އެންމެ ފަހު ވަގުތަކީ 6 ޑިސެމްބަރުވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިޔު 10 ޑިސެމްބަރު 2018 އާއި 11 ޑިސެމްބަރު 2018 އާ ދެމެދު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެކަމަށް އިޢުލާނުގައިވެއެވެ. ގެޒެޓުގައިވެސް ޝާއިރުކޮށްފައިވާ މި އިއުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 6580031 ފޯނާއި ގުޅުއްވުމަށް އިޢުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

2018-12-04 05:49:14
ސަލްމާ
ގެޒެޓްގައި ޝާއިރެއް ނޫން ޝާއިއު
އެންމެ މަގުބޫލު: 7 ދުވަސް

...