ކެންސަރުގެ ތިންވަނަ ސްޓޭޖުގައިވާ ރ. ދުވާފަރު ފާޠިމަތު ޚާލިދަށް އެހީވުމަށް މީދޫގައި ހަރަކާތެއް ކުރިއަށް ގެންދަނީ!
ކެންސަރުޖެހި އޭގެ ތިންވަނަ ސްޓޭޖުގެ ވޭން ތަހައްމަލުކުރަމުންދާ، ރ. ދުވާފަރު ބަށިމާގެ ފާޠިމަތު ޚާލިދަށް އެހީވުމަށް ރ. މީދޫގައި މިއަދު ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
މިއަދު މެންދުރުފަހު 2 ން 4 ކަށް ރ. މީދޫގެ ގެތަކަށް މިހަރަކާތުގައި ބައިވެރިވާ ޓީމްތައް ޒިޔާރަތްކުރާނެކަމަށް މިހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން މީދޫ ޓައިމްސްއަށް މައުލޫމާތުދިނެވެ.
ފާޠިމަތު ޚާލިދުގެ ކެންސަރުގެ ފަރުވާ ނުފެށި ލަސްވެފައިވަނީ ފަރުވާއަށް ބޮޑު ޚަރަދެއް ހިނގާތީ، އެކަމަށް ބޭނުންވާ ފައިސާ ހަމަވެފައިނުވާތީކަމަށް އާއިލާއިން ހާމަކުރައްވައެވެ. އާއިލާއިން އިތުރަށް ހާމަކުރިގޮތުގައި ފަރުވާ ނުފެށި ލަސްވާނަމަ ބަލި މުޅި ހަށިގަނޑަށް ފެތުރި ބަލި އިތުރަށް ގޯސްވެދާނެކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާކަމަށެވެ.    އެހެންކަމުން އާއިލާއިން އެދެނީ ކޮންމެ ފަރުދަކުވެސް ކޮންމެވެސް މިންވަރެއްގެ މާލީ އެހީތެރިކަމެއް މިކަމުގައި ވެދެއްވުމެވެ. އެހީތެރިކަން ވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ފާޠިމަތުގެ ފިރިކަލުން މުޙައްމަދު ރަމީޒު (7787398) ނަންބަރު ފޯނާއި ގުޅުއްވައިގެން ކުރިއަށްގެންދިޔުމަށްވެސް އާއިލާއިން އެދިލައްވައެެވެ. ފައިސާ ޓްރާންސްފާކުރައްވަން ބޭނުންފުޅުވާ ބޭފުޅުން (ދިވެހި ރުފިޔާ: 7720128110102) ނުވަތަ (ޔޫއެސް ޑޮލަރ: 7720128110101) ނަންބަރު އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށްވެސް އާއިލާއިން އެދިލައްވައެވެ. 
ﷲގެ މަގުގައި ހޭދަކުރާ އެންމެ ފައިސާ ފޮއްޗަކީވެސް ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. މާތް ﷲ ފާޠިމަތު ޚާލިދުގެ ބައްޔަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...