ރ. މީދޫގެ ފުޓްސަލް ދަނޑު ހުޅުވައިފި
ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ތެރޭގައި ހިމެނޭ ސްޕޯރޓްސް އެރީނާގެ ދަށުން ރ. މީދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ތަރައްޤީކުރި 50 ފުޓްސަލް ދަނޑު ހުޅުވީ ބުދަދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައެވެ. 

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ފުޓްސަލް ދަނޑުތަކެއް ތަރައްޤީކުރެވުނަސް ރެގިއުލާ ފުޓްބޯޅަ ތަރައްޤީކުރުން ސަރުކާރުން ހުއްޓާނުލާނެކަމަށާއި އަދިވެސް އިތުރު ފުޓްބޯޅަ ދަނޑުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކުރަންޖެހޭ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، މިސަރުކާރުން ޒުވާނުންނަށް އިސްކަންދީގެން ކުޅިވަރު ތަރައްޤީކުރުމަށް 500 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާނެކަމަށާއި މިސަރުކާރުުން ކުޅިވަރު ސީރިއަސްކޮށް ނަގައިގެން ކުރި މަސައްކަތުން ރާއްޖޭގެ ކުޅިވަރަށް އިންޤިލާބީ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. 

ރ. މީދޫގައި ތަރައްޤީކޮށް ހުޅުވި ފުޓްސަލް ދަނޑަކީ A ކެޓެގަރީގެ ދަނޑެކެވެ. މިދަނޑު ތަރައްޤީކޮށްފައިވަނީ ވީރާ އިންވެސްޓްމެންޓާއި ހަވާލުކޮށްގެންނެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...