އަނަސްގެ މަރަށް 1 އަހަރުވުމާ ދިމާކޮށް އަނަސް އެކުވެރިން ކުރިއަށްގެންދާ އިވެންޓެއް މިރޭ!
ލިޓަސް ސާވިސް ސެންޓަރުތެރޭ އަނިޔާވެރި ގޮތަކަށް މަރާލެވުނު ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރަށް 1 އަހަރުވުމާ ދިމާކޮށް އަނަސްގެ އެކުވެރިން ކުރިއަށްގެންދާ ޚާއްސަ އިވެންޓެއް މިރޭ މީދޫ ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.   މިރޭ 21:00 ގައި މީދޫ ބަނދަރު ސަރަހައްދުގެ ހިބަރު ކައިރީގައި ކުރިއަށްދާ މި އިވެންޓުގައި އަނަސްގެ އެކުވެރިންގެ ޝުޢޫރު ފާޅުކުރުމާއި އަނަސްގެ މައްޗަށް ޚާއްޞަ ދުޢާއެއްކުރުމުގެ އިތުރުން މަދަޙައެއް ރިލީސްކުރުން ކުރިއަށްދާނެކަމަށް މި އިވެންޓް ރޭވުމުގައި ހަރަކާތްތެރިވާ ފަރާތުން މީދޫ ޓައިމްސްއަށް މަޢުލޫމާތުދެމުން ހާމަކުރިއެވެ.   މިރޭގެ އިވެންޓުގައި އަނަސްއަށް ހެޔޮ އެދޭ ވީހާވެސް ގިނަ އާންމުން ބައިވެރިވުމަކީ އިވެންޓް އިންތިޒާމުކުރާ ފަރާތުގެ އެދުމެއްކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
އަނަސްގެ މަރަށް މިއަދަށް 1 އަހަރު ފުރުނުއިރު މި އަނިޔާވެރި ޤަތުލުގައި ޝާމިލުވި މުޖުރިމުންގެ މައްސަލަތައް ކޯޓުގައި ދިގުލައިގެންދާތީ އާންމުންދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...