މަގުތަކުގައި ހެދިފައިވާ ގަސްވަޅުތަކުގައި ކައުންސިލްގެ ހުއްދަނެތި ގަސްއިންދުން މަނާކޮށްފި
މީދޫގައި އަލަށް ތަރައްޤީކުރެވުނު މަގުތަކުގައި ހެދިފައިވާ ގަސްވަޅުތަކުގައި ކައުންސިލް އިދާރާގެ ހުއްދަނެތި އެއްވެސް ބާވަތެއްގެ ގަހެއް ނުއިންދުމަށް ކައުންސިލުން އަންގައިފިއެވެ.   މީދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނެއްގައިވާގޮތުން މީދޫގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާދާރު ވެރިފަރާތަކީ އެ އިދާރާކަމަށާއި މަގުތަކުގައި އިންދާނެގަސްތަކެއް އަދި ގަސްއިންދުމުގެ ޕްރޮގްރާމް ކުރިއަަށްގެންދާނެގޮތެއް  ކަނޑައެޅުމުގެ މަޝްވަރާތައް ކައުންސިލުގައި މިވަޤުތު ކުރިއަށްދާކަމަށެވެ.    މީދޫގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުމުގެ ގޮތުން މަގުތަކުގައި ގައި އެތުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢު މިހާރުވަނީ ނިމުމަކާ ގާތުގައެވެ. މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މީދޫގެ 7 މަގެއްގައި މިހާރުވަނީ ގައު އަތުރާ ނިންމާލާފައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...