"މަށަށް ރަށު ޕިކަޕެއް"ގެ ނަމުގައި ބެސްޓް ބަޑީގެ ހާއްސަ ޕްރޮމޯޝަނެއް
ބެޓެރީ ވެހިކަލް އާއި ބައިސްކަލް ވިޔަފާރީގައި މަޝްހޫރު ބެސްޓް ބަޑީއިން ބައިސްކަލެއް ގަނެެގެން އިނާމަކަށް ރަށުޕިކަޕެއް ލިބޭ ޕްރޮމޯޝަނެއް  ފަށައިފިއެވެ. 

މިއަދުން ފެށިގެން   31 ޑިސެމްބަރ 2018ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބެސްޓް ބަޑީއިން ބައިސްކަލު ބައްލަވައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަށް ބެސްޓް ބަޑީގެ އޯނަރ ރަޝީދު ވިދާޅުވިއެވެ. އަދި މި ޕްރޮމޯޝަންތެރޭގައި ބައިސްކަލުގެ އަގުތައް އާންމު އަގުތަކަށްވުރެ ބޮޑުތަނުން ހެޔޮވާނެކަމަށާއި އަދި ތަފާތު ޑިޒައިންތަކުގެ އެކި އުމުރުފުރާއިގެ ކުޑަކުދިންނާއި، ޒުވާން އުމުރު ފުރާގެ ދެ ދިންސްެގެ ކުދިންނާއި، ބޮޑެތި މީހުންނަށް ހެޔޮވަރު ސައިޒްގެ ރީތި ބައިސްކަލް ލިބެން ހުންނާނެކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ. މިގޮތުން 450 ރ އިން ފެށިގެން 1600 ރ އާއި ދެމެދުގެ އަގުތަކުގައި ތަފާތު ސައިޒްގެ ބައިސްކަލް ޕްރޮމޯޝަންތެރޭގައި ލިބެން ހުންނާނެކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަވައިގެން ބައިސްކަލް ބައްލަވައިގެން ކަމުގައިވިޔަސް ޕްރޮމޯޝަންގައި ދޫކުރާ ކޫޕަން ލިބޭނެކަމަށާއި، އަދި މާލޭ ބަދަނރުގައި އޮންނަ އެ ރަށެއްގެ ބޯޓާ ހަމައަށް ބައިސްކަލް ހިލޭ ޑެލިވަރީކޮށްދިނުމުގެ އިންތިޒާމު ބެސްޓް ބަޑީއިން ހަމަޖައްސައިދޭނެ ކަމަށާއި ހއ.ހދ. އަދި ށ. އަތޮޅުގެ ރަށްރަށަށް ފެރީ ނިޒާމުގެ ތެރެއިން ބައިސްކަލް ކަސްޓަމަރ އާއި ހަމައަށް ޑެލިވަރީކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.
ބެސްޓް ބަޑީއިން ބައިސްކަލެއް ބައްލަވައިގަންނަން ބޭނުންފުޅުވާނަަމަ ގުޅުއްވާނީ 9907010، 9161241، 9863713 އާއި އެވެ.
ބެސްޓް ބަޑީ ފާހަގަކުރެވިފައިވަނީ ކުރުމުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދާފައިވާ ވިޔަފާރިއެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...