ކޮންޓްރެކްޓް އުސޫލުން ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ
ކޮންޓްރެކްޓް އުސޫލުން ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ރ. މީދޫ ކައުންސިލްގެ އިދާރާއިން އިޢުލާނުކޮށްފިއެވެ.   31 އޮކްޓޯބަރު 2018 ގައި އާއްމުކޮށްފައިވާ ޢިއުލާނުގައިވާ ގޮތުން މިކަމަށް މީގެ ކުރިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހެޅުމަށް ހާޟިރުވެފައިނުވާތީވެ، ކުރީގެ އިޢުލާނު ބާތިލުކޮށް ކޮންޓްރެކްޓް އުސޫލުން ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.   މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ނޮވެމްބަރު 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލްގެ އިދާރާގައި އޮންނަ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 12 ނޮވެމަބަރު 2018 ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ބިޑް ހުށަހެޅުން އޮންނާނެކަމަށާއި އަދި ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު  ލިޔުންތައް ހުނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިކަމަށް ކައުންސިލް އިދާރާގެ އިޢުލާނުގައިވެއެވެ.   ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން "ސާފު ނަލަ މީދޫ" މި ޝިޢާރުގެ ދަށުން މިދޫގެ ގޭބިސީތަކުގައި އުފެދޭ ކުނި ނެގުމާއި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ވެމްކޯއާއި މީދޫ ކައުންސިލްގެ އިދާރާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...