ރ. މީދޫގެ މުއައްސަސާތަކުގެ މެދުގައި ފަށާފައިވާ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލަށް ޓީމް ފެނަކަަ އަދި ޓީމް ރ. އޭއީސީ ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުތައް ޓީމް ފެނަކައާއި ޓީމް ރ. އޭއީސީން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. ޓީމް ފެނަކަ އާއި ސިއްޙީ މަރުކަޒު ބައްދަލުކުރި މެޗު 6 ލަނޑު 0 ން ފެނަކަ ކާމިޔާބުކުރި އިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ފެނަކައިގެ ޝާމް އިސްޙާޤުއެވެ.

ދެވަނަ މެޗުގައި ރ. އޭއީސީ އާއި ޓީމް ބީސީޕީ ބައްދަލުކުރި މެޗު 5 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ޓީމް ރ. އޭއީސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ރ. އޭއީސީގެ އާތިފް ޒާހިރުއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަަމަޖެހިފައިވަނީ މާދަމާ ރޭއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ސިއްޙީ މަރުކަޒުގެ ރިކްރިއޭޝަން ކުލަބުންނެވެ.