އުއްމީދު ޖަމިއްޔާއިން ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް 65 އިންޗީގެ ޓީވީއެއް ހަދިޔާކޮށްފި
އުއްމީދު ޖަމިއްޔާގެ ފަރާތުން ރ. އަތޮޅު ތަޢުލީމި މަރުކަޒަށް 65 އިންޗީގެ ސްމަރޓް ޓީވީ އެއް ހަދިޔާކޮށްފިއެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅު ކުރުމުގެ ރަސްމިއްޔާތުގެ އުއްމީދު ޖަމިއްޔާގެ ފަރާތުން މަރުކަޒާއި މި ޓީވީ ހަވާލުކޮށްދެއްވީ އެ ޖަމިއްޔާގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް ހުސެއިން ޝިހާމެވެ. މަރުކަޒުގެ ފަރާތުން ޓީވީ އާއި ހަވާލުވެވަޑައިގެންނެނީ ޕްރިންސިޕަލް އައިޝަތު ފަރުހަތުއެވެ. މިއީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސްމާރޓް ނޯޓިސް ބޯޑެއް ހަރުކުުރުމަށް ކުރަމުން އަންނަ މަސައްކަތަށް އެ ޖަމިއްޔާގެ ފަރާތުން ދެއްވި އެހީއެއްކަމަށް އުއްމީދު ޖަމިއްޔާއިން މަޢުލޫމާތުދެއެވެ. 
މީގެ ކުރިންވެސް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްމަރޓް ކުލާސްރޫމް ޕްރޮޖެކްޓަށްވެސް "އުއްމީދު" ން  4 ސްމަރޓް ޓީވީ ހަދިޔާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.             
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...