ފޮޓޯ އެޑިޓްކުރަން ދަސްކޮށްދޭ ކޯހެއް މީދޫގައި ހިންގަނީ!
އެޑޯބީ ފޮޓޯޝޮޕް އަދި އިލަސްޓްރޭޓަރ އިން ފޮޓޯ އެޑިޓްކޮށް ރީޓަޗްކުރަން ދަސްކޮށްދޭ، ގްރެފިކް ޑިޒައިނިންގ ކޯހެއް މީދޫގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.   މީދޫ ޓައިމްސް އާއި ޓީމް ދައުވާ  މޯލްޑިވްސް އަދި ރ. ހުޅުދުއްފާރު ލެންޓާން ގުޅިގެން ކުރިއަށްގެންދާ މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓްމަހުގެ 7 ވާ އަންގާރަދުވަހުގެ ރެއެވެ. އޮގަސްޓް މަހުގެ 7 ން ފެށިގެން 12ގެ ނިޔަލަށް ކުރިއަށްދާ މި ކޯހުގައި ކިޔަވައިދެއްވާނީ ކަމުގެ ތަޖުރިބާކާރު ދެބޭފުންނެވެ.    ކޯހުގެ ފީގެ ގޮތުގައި 500 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު، ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން 7921921 ނަންބަރު ފޯނާއި ގުޅުއްވާ ނަންނޯޓުކުރެއްވުމަށްވެސް މީދޫ ޓައިމްސްއިން އެދިލައްވައެވެ. މީދޫގެ މިމުޖްތަމަޢުއަށް މިފަދަ ބޭނުންތެރި ކޯހެއް ކުރިއަށްގެންދަނީ މިފަދަ ފުރުސަތަކަށް ފެންބޮވައިގަނެފައިވާ އެތަކެއް ޒުވާނުންނެއް މީދޫގައި ތިބި ދަނޑިވަޅެއްގައެވެ.     
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...