ރ. މީދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ރ. މީދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ.

މީދޫ ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތުގެ ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި 26 ސެޕްޓެމްބަރު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާގެ ގެ ނަންބަރު 6580020 ގުޅުއްވާ ނުވަތަ info@raameedhoo.gov.mv އަށް މެއިލް ކުރައްވާ ރަޖިސްޓްރީ ކުރެއްވުމަށް އެދޭ ކަމަށެވެ.

މި މަސައްކަތަށް ބަޔަކު ހޮވުމަށް ނިންމާފައިވަނީ

  • ·         އަގު %60 ( ފަސްދޮޅަސް ޕަސެންޓް )
  • ·          މަސައްކަތުގެ މުއްދަތަށް %20 ( ވިހި ޕަސެންޓް) ،
  • ·         މަސައްކަތުގެ ތަޖްރިބާ އަދި ފަންނީ ޤާބިލްކަމަށް %20 (ވިހި ޕަސެންޓް)

މި ކަންތައްތަކަށް ބެލުމަށްފަހުގައެވެ.

ރަށްތަކުގެ ލޭންޑްޔުސް ޕްލޭން ހެދުމަށް ޤާނޫނުން މަޖުބޫރުކޮށްފައިވާއިރު، މި މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ސަރުކާރުންނާއި ކައުންސިލްތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.